އިންޑިއާގެ އުއްތަރަޕްރަދޭޝްގެ ހޮސްޕިޓަލެއްގައި އޮތް އަންހެން ކުއްޖަކު ގޭންގަކުން ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި މިކުއްޖާ ރޭޕްކޮށްފައި ވަނީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ މުވައްޒަފަކާއި އޭނާގެ ރަހުމަތްތެރިން ވެގެންނެވެ. އެ ކުއްޖާއަކީ މީގެ ފަސް ދުވަސް ކުރިން ފެށިގެން އައިސީޔޫގައި ފަރުވާދެމުންދިޔަ ކުއްޖެކެވެ.

އެ ކުއްޖާއަކީ ހަރުފައެއް ވިހަލައިގެން ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ކުއްޖެކެވެ. ފަސް މީހަކުވެގެން އެ ކުއްޖާ ރޭޕްކުރިއިރު، ފުލުހުން މިހާރު ވަނީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދާ މުވައްޒަފު ހައްޔަރުކޮށްފައެވެ. އަދި އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ހޯދަމުން އަންނަކަަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ރޭޕްކޮށްފައި ވަނީ އެކަނި އައިސީޔޫގައި އޮތް ވަގުތެއްގައެވެ. އަދި އެކަން ފަޅާއަރާފައި ވަނީ އެ ކުއްޖާ ވޯޑަށް ބަދަލުކުރި ފަހުން އެ ވާހަކަތައް ކިޔާދިނުމުންނެވެ. އެ ވާހަކަތައް އެ ކުއްޖާ ކިޔާދިނީ އޭނާގެ މާމައަށެވެ.

އެ ކުއްޖާ ބުނިގޮތުގައި، ހޮސްޕިޓަލްގެ ޔުނީފޯމްގައި ހުރި މީހަކު، އައިސީޔޫއަށްވަދެ އޭނާ ރޭޕް ކުރަން އުޅޭކަން ފަޅާއެރި ހިސާބުން، ގަދަކަަމުން އޭނާގެ ގަޔަށް އިންޖެކްޝަން ޖެހިއެވެ. އަދި އެއަށްފަހު އޭނާގެ އަނގަ ބަންދުކޮށް އަތްވެސް ބަދެ، ރޭޕްކުރީކަމަށް އެ އަންހެން ކުއްޖާ ކިޔާދިނެވެ.

މި ވާހަކަތައް މާމައަށް ކިޔާދިނުމުން، މާމަ ވަނީ އެކަން ޑޮކްޓަރުންނަށް އަންގާފައެވެ. އަދި ޑޮކްޓަރުން ވަނީ އެކަން ފުލުހުންނަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަންމްޑޭ

    ކަލޯ ގެރިމޯދީ ހީވޭތަކަމެނހެން ކަލޯ ދެންވެސް ގައުމުތަކުގެ ދާޙިލީ ކަންތައްތަކައް އަރައި ނުގަނެ ގައުމުގެ އަންހެންދަރިންގެ އިއްފަތްތެރިކަން ސަލާމަތްކުރެވޭތޯ ބަލައިބަލަ

  2. އަަަހްމަދު

    ދިވެހިން އެކަނި މިދަނީ އިންޑިޔާއަށް ޑޮކްޓަރަށް ދައްކަން ވިސްނާލުން ރަގަޅު

  3. ތަގަންމާ

    މޯދީ އަށް ތިކަނއ އެނގޭބާ؟

    • މަހާ

      މޯދީ އައް ތިކަން އެނގޭ އެހެންވެގެން ތީނަ މިގައުމަށް ނުގެނެވިގެން ބަޔަކު ތެޅެނީ ތިކަން މިރާއްޖޭގަ ނުފެތުރިގެން

  4. ދަންގިރި ސޮރު

    މޯދީ އެބަޖެހޭ ރޭޕް ކުރުމައްވެސް ހުއްދަދޭން!
    އެހެން ނޫނީ އިސްތިއުފާ ދެއްވާފަ ގެއަށް ދުރުވޭ!