ކެނެޑާގައި ކުޑަ ފްލައިޓަކާއި ބޮޑު ފްލައިޓެއް ވައިގެ ތެރޭގައި ޖެހި އޭގެ ތެރެއިން އެއް ފްލައިޓް ވެއްޓިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޮޓާވާގެ ވައިގެ ސަރަހައްދުގައި ހިނގި މިހާދިސާގައި އެކްސިޑެންޓްވި ބޮޑު ފްލައިޓް ވަނީ ރައްކާތެރިކަމާއި އެކު އޮޓާާވާ އިންޓަނޭޝަނަލް އެއާޕޯޓެއްގައި މިހާރު ޖައްސާފައެވެ.

ދެ ފްލައިޓް ޖެހުނު ހާދިސާގައި ވެއްޓުނު ފްލައިޓް ދުއްވަން އިނީ އުމުރުން 82 އަހަރުގެ މީހެކެވެ. އޭނާ ވަނީ މި ހާދިސާގައި މަރުވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދެވަނަ ފްލައިޓްގައި ވެސް ތިބީ ދެމީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެފްލައިޓްގައި ތިބީ ބައްޕަ އާއި ދަރިފުޅު ކަމަށް ވެއެވެ. އެމީހުންނަށް ކޮންމެވެސް ވަރަކަށް އަނިޔާވި ނަމަވެސް އެމީހުންގެ ހާލަތު ރަނގަޅެވެ.

ބެލެވޭ ގޮތުގައި އެކްސިޑެންޓްވި ދެ ފްލައިޓަކީ ވެސް ރިޓަޔާޑް ޕައިލެޓުން މުނިފޫހިފިލުވުމުގެ ގޮތުން ދުއްވަމުން ދިޔަ ދެ ފްލައިޓެވެ.

ކެނެޑާގެ ފުލުހުން ބުނީ ދެފްލައިޓެއް ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި އެ ހާދިސާ މިހާރު ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.