އިއްޔެ އެމެރިކާގައި އޮތް މިޑްޓާމް އިލެކްޝަން ކާމިޔާބުކޮށް ޤާނޫނު ހަދާ މަޖިލިސް ނުވަތަ ސެނެޓްގެ އަަޣުލަބިއްޔަތު ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ އިން ކަށަވަރު ކޮށްފިއެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާ އަށް ބަލާއިރު ރިޕަބްލިކަން ޕާޓީ އިން ވަނީ ސެނެޓްގެ 50 ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އަށް ކާމިޔާބު ކުރެވިފައި ވަނީ 38 ގޮނޑިއެވެ. ކުޑަ ޕާޓީ އަކުން އެއް ގޮނޑި ކާމިޔާބު ކޮށްފައި ވާއިރު އަދި ނަތީޖާ ސާފުނުވާ 11 ދާއިރާއެއް އެބައޮތެވެ.

އެމެރިކާގެ ސެނެޓްގެ އަޣުލަބިއްޔަތަކީ 51 މެންބަރުންނެވެ. ނަމަވެސް ވޯޓް އެއްވަރު ވެއްޖެނަމަ ނައިބު ރައީސް އަށް ސެނެޓްގައި ވޯޓް ލެވޭނެއެވެ. މިހާރުގެ ނައިބު ރައީސް އަކީ ރިޕަބްލިކަން ޕާޓީގެ މެންބަރަކަށް ވާތީ ސެނެޓްގެ އަޣުލަބިއްޔަތު މިހާރު ވެސް ރިޕަބްލިކަން ޕާޓީ އަށް މިއޮތީ ކަަށަވަރު ވެފައެވެ.

ނަމަވެސް ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ހައުސްގެ އަޣުލަބިއްޔަތު ޑިމޮކްރަޓިކް ޕާޓީ އިން ހޯދާނެ ކަމަށް ލަފާކުރެވޭ ގޮތުގައި ރިޕޯޓްތައް ބުނެއެވެ. 218 މެންބަރުން ހިމެނޭ ހައުސްގެ އަޣުލަބިއްޔަތު ޑިމޮކްރަޓިކް ޕާޓީއަށް ލިބިއްޖެނަމަ މިއީ ފާއިތުވި އަށް އަހަރުތެރޭގައި އެޕާޓީ އަށް ހައުސްގެ އަޣުލަބިއްޔަތު ލިބޭނެ ފުރަތަމަ ފަހަރަށް ވެގެން ދާނެއެވެ.

ހައުސްގެ އަޣުލަބިއްޔަތު ޑިމޮކްރަޓިކުންނަށް ލިބުމަކީ ކުރިއަށް ތަނުގައި ޓްރަމްޕް އަށް ބޮޑެތި ދަތިތައް ދިމާވާނެ ކަމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ސެނެޓްގެ އަޣުލަބިއްތު ދިފާޢު ކުރެވުމަކީ ޓްރަމްޕްގެ ވަރަށް ބޮޑު ބޮލުގެ ރިހުމެއް ފިލައިގެން ދާނެ ކަމެއް ވެސް މެއެވެ.

ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ޓްރަމްޕް އަށް ސިޔާސީ ގޮތުން މިޑްޓާމް އިލެކްޝަންގައި ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް ނަތީޖާ އައިސްފައި މިވަނީ ޓްރަމްޕްގެ ސިޔާސަތުތައް އެމެރިކާ ރައްޔިތުން ބަލައިގެންފައިވާ ކަން ދޭހަވާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅަބޭ

    މަރުހަބާ ޓުރަންޕް

  2. ހައިދަރު

    ތިވާނީ ވޯޓު އޮޅުވާލީ ކަމަށް މިދޭތެރެއިން އީސީ ސަރީފު ލަންކާއަށް މިދިޔައީ މިކަމުގެ ތިއަރީ އެމެރިކާ އެމްބަސީ އަށް ފޯރުކޮށްދޭން ވެގެނޭ ބަޔަކު ކީއަޑު އެހިން