މީގެ ދެމަސް ކުރިން އެމެރިކާގެ ގިނަ ސަރަހައްދުތަކަށް "ބޮން" ގެ ނަމުން ނަންދީފައިވާ ބާރު ގަދަ ސްނޯގެ ތޫފާނެއް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނިކޮށް ހަމަ އެފަދަ ބާރުގަދަ ދެވަނަ ތޫފާނެއް އެމެރިކާއަށް އަރަން މިސްރާބު ޖަހައިފިއެވެ.

އެމެރިކާގެ ގިނަ ސަރަހައްދުތަކަށް ހޯމަ ދުވަހު ވަނީ، ސްނޯގެ ތޫފާން "ބޮމް" ގެ އަސަރު ކުރަން ފަށާފައެވެ.

އެމެރިކާގެ ނިއު އިންގްލޭޑް އަށް މިސްރާބު ހުރި މި ތޫފާން އެމެރިކާގެ އިރު ދެކުނު ސަރަހައްދު ތަކަށް އެރުމުގެ ކުރިން އިތުރަަށް ބާރުގަދަ ވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ.

ތޫފާންގެ ސަބަބުން އަންގާރަ ދުވަހު އެކަނިވެސް 1025 ފްލައިޓް ކެންސަލް ކުރި އެވެ. ތޫފާނާއި ގުޅިގެން އެމެރިކާގެ ބޮސްޓަންގެ ހުރިހާ ސްކޫލު ތަކެއް ވަނީ އަންގާރަ ދުވަހު ބަންދު ކުރަން ނިންމާފައެވެ.

ނިއުޔޯކު ސިޓީގެ އިތުރުން އެމެރިކާގެ ބޮޑެތި ސިޓީތަކަށް އާދަޔާ ހިލާފަށް ބޯކޮށް ސްނޯ ފައިބާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. ހޯމަދުވަހު ފޭބި ސްނޯގެ ސަބަބުން އެމެރިކާގެ ވާޖިނިއާގެ ބޮޑު ސަރަހައްދެއް އޮތީ ސްނޯއިން ފުރިފައެވެ.

ތޫފާން "ބޮން" ގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ރެކޯޑް އަދަދަކަށް ސްނޯ ފައިބަމުން އަންނައިރު، ސްނޯގެ ތޫފާނުގެ އަސަރު ކުރަމުން އަންނަ ސަރަހައްދުތަކުގެ ތެރޭގައި އެމެރިކާގެ އީސްޓް ކޯސްޓާއި، މެސެޗޫސިޓްސް، އަދި ނިއު އިންގްލޭންޑާއި ނިއުޔޯކް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުސްލިމް

    އަލްޙަމްދުލިﷲ

  2. މމމމމ

    އުފާވެރި ޚަބަރެއް ގިނަގިނައިން އެމެރިކާއަށް ތޫފާންއަރާނެ ނަމަ

  3. މަލިކައްޑޫ

    މުސްލިމުން މިފަދަ ކަންކަމާ އުފާ ކުރާކަށް ނުވާނެ،
    ރަސޫލު ޞައްލަﷲ ޢަލަިއހި ވަސައްލަމަ، މީހަކަށް ދެރައެއް ލިބިގެން އުފަލެއް ނުކުރައްވާ.

    • މުހައްމަދު

      އަހަރެން ތިކަމާ ވަރަށް ތާއީދު

  4. ކަޝީ

    މުޅީ ދީވެހީ އާބާދީގެ އެތައް ގުނައެއް އީތުރު އަދަދަކައް އެމެރީކާގައީ މުސްލީމުން އުޅޭ.. މީއީ އުފާ ކުރަންޖެހޭ ކަމެއް ނޫން..