ފަލަސްތީނުން އިޒްރާއިލަށް ފޮނުވާލި ރޮކެޓު ހަމަލާތަކެއް - ފޮޓޯ: އޭއެފްޕީ

އަނިޔާވެރި ޒަޔަނިސްޓު އިޒްރާއިލުން، ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން ސިއްރުން އަރާ ހަތް މީހަކު ޝަހީދުކޮށްލުމާ ގުޅިގެން އެކަމުގެ ރައްދުގައި ހަމާސް ޖަމާއަތުން އިޒްރާއިލުގެ އެކި އަމާޒުތަކަށް ގިނަ އަދަދެއްގެ ރޮކެޓު ހަމަލާ ދެމުން އެބަދެއެވެ. އެންމެ ފަހުގެ މައުލޫމާތުތައް ބުނާގޮތުން ހަމާސް ޖަމާއަތުންވަނީ 200 ރޮކެޓު ފޮނުވާލާފައެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުން ފޮނުވާލި ރޮކެޓުތައް އަމާޒުވެފައިވަނީ އިޒްރާއިލުގެ ދިރޯތު އަދި ނެތިވޮތު ސިޓީ އަށެވެ. އެސިޓީތަކުގެ ތަންތަނުގެ ތެރެއިން ހަމަލާ އަމާޒުވި ތަންތަނުގެ ތެރޭގައި ޔަހޫދީން އަޅުކަން ކުރުމަށް ބޭނުންކުރާ ތަނަކާއި ގެއެއްވެސް ހިމެނެއެވެ. ހަމައެހެންމެ، ބަހަކަށްވެސް ހަމަލާ އަމާޒުވެފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މީގެއިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާތަކުގެ ސަބަބުން އިޒްރާއިލުގެ ފަސް މީހަކަށްވަނީ އެކި ވަރުގެ ޒަޚަމުތައް ލިބިފައެވެ. އެގޮތުން، 19 އަހަރުގެ ސިފައިންގެ މީހެއްގެ ހާލު ސީރިޔަސްކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފަލަސްތީނުގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް އިޒްރާއިލު އެއަރފޯސް އިންވެސް ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން، ވައިގެ މަގުން 70 ހަމަލާ ދީފައިވާއިރު އެހަމަލާތަކުގައި ފަލަސްތީނުގެ ދެ ރައްޔިތަކު ޝަހީދުވެފައިވެއެވެ.

މި ޙަމަލާތަކާ ގުޅިގެން، އިޒްރާއިލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސަލާމަތީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވާ ބައެއް ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ. ހަމަލާތަކާ ގުޅޭގޮތުން އިޒްރާއިލު އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައިވަނީ ކުރިއަށް އޮތްތަނުގައި ހަމަލާތައް ވަރުގަދަ ވާނެކަމަށް އަންދާޒާ ކުރެވޭކަމުގައެވެ.

މިކަމާ ގުޅިގެން ހަމާސް ޖަމާއަތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިޒްރާއިލުން ދޭ ހަމަލާތައް ވަރުގަދަ ކުރަމުންދާކަމުގައިވާނަމަ، އެފަރާތުން ދެމުންދާ ހަމަލާތައްވެސް ވަރުގަދަ ކުރާނެކަމުގައެވެ.

އިޒްރާއިލާ ވަފާތެރި އެމެރިކާ އިން ވަނީ އިޒްރާއިލުގެ ޢަމަލުތައް ދިފާޢުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލްހަމްދުލިﷲ އިންޝާ ﷲ ހަމާސް އަށް ކާމިޔާބާއި ނަސްރު ދެއްވާށި އާމީން މާލަސްވެސް ވެއްޖެ ހަމާސް އިން ހަމަލަ ދިނުން މިހާރު ޔަހޫދީންނަށް އެނގޭނެ ހަމާސްއަކުންނެއް މަޑުން ނޯންނާނެކަން

  2. ޢިޒްރާއީލު ގެ އަމާޒުތަށް ނުސީދާވުމަކީ އަހަރަމެންގެ ދުޢާއެއް

  3. އަލިބިޔާއްކަލޯ

    ﷲ އަކުބަރު ﷲ އަކުބަރު
    ފުނޑު ފުނޑު ކޮއްލާ މިފަހަރު ނިމްމަންޖެހޭނެ
    އިންޟާ ﷲ

  4. ނުލަފާ އިޒްރޭލު ބަލި ކުރައްވާ ނެތި ކުރައްވާ ދޭނވެ. ޢަމީން

  5. ޔާ ﷲ އިބަ އިލާހަށް ލޮބުވަތައި އަޅުކަން ކުރާ އަޅުންނަށް ނަޞްރު ދެއްވާން ދޭވެ! އާމީން

  6. ސާބަހޭ ހަމާސް..

  7. އަނެއްކާ މިފެށީ ކީއްވެގެން ކަމެއް އެނގޭ ކުއްޖަކު ކުރުކޮށް ކިޔާދީބަލަ

  8. އަލްހަމްދުލިﷲ އިންޝާ ﷲ ހަމާސް އަށް ކާމިޔާބާއި ނަސްރު ދެއްވާންދޭ.. އާމީން

  9. ފަލަސްތީނު ރައްޔުތުންނާ އެކު އަޅުގަނޑު ވަމެވެ.