06:56

އިސްރާއީލްގެ ތެލްއަވީވްގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާއި މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެ.

ގުދުސް އަށް އޮސްޓްރޭލިއާގެ އެމްބަސީ ބަދަލު ކުރަން އޮސްޓްރޭލިއާ އިން ކުރިން ނިންމި ނަމަވެސް އެނިންމުމާއި މެދު ދެވަނަ ވިސްނުމަކަށް ދާން އޮސްޓްރޭލިއާ އަށް މިހާރު މަޖުބޫރު ވެފައި ވަނީ ގުދުސް އަށް އޮސްޓްރޭލިއާގެ އެމްބަސީ ބަދަލު ކޮށްފިނަމަ އޮސްޓްރޭލިއާ އާއި އެކު ގާއިމު ކޮށްފައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުން އުވާލާނެ ކަމަށް އިންޑޮނޭޝިއާ އިން އިއުލާން ކުރުމުން.

06:51

މިހާރު އުފެދިގެން އުޅޭ މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އިސްރާއީލްގެ އިދިކޮޅު ލީޑަރު ޒިޕީ ލިވްނީ ގޮވާލައިފި. ލިވްނީ ނެރުނު ބަޔާނެއްގައި ބުނީ ހަމާސް އާއި ވެސް ނުވަތަ އެހެން ފަރާތަކާއި އެކު ވެސް ބޭކާރު ހަނގުރާމައެއް ކުރުމުގެ މާނައެއް ނެތް ކަމަށް. އޭނާ ވަނީ ޣައްޒާ ހިސާރު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް މައްސައަށް ދާއިމީ ހައްލެއް ގެނައުމަށް ގޮވާލާފައި.

06:48

06:47

05:54

އިސްރާއީލުން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް ހަމާސް އިން ފޮނުވާލި ރޮކެޓްތަކުގެ ތެރެއިން 300 އަށް ވުރެ ގިނަ ރޮކެޓް އަމާޒަށް ވާސިލްވުމުގެ ކުރިން އިސްރާއީލްގެ މިސައިލުން ދިފާޢުވާ ނިޒާމް "އަޔަން ޑޯމް" އިން ވަނީ ވައްޓާލާފައި.

05:52

ބައެއް މީޑިއާތަކުން ނަން ހާމަނުކުރަން ބޭނުންވާ އޮފިޝަލުންނާއި ހަވާލާދީ ބުނެފައި ވަނީ ޣައްޒާ އަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި، ހަމާސް އިން އިސްރާއީލަށް ދެމުންދާ ރައްދު ހަމަލާތައް ހުއްޓާލުމަށް އދ.އާއި މިސްރު އިސްވެ އޮވެ ބައެއް ފަރާތްތަކާއި އެކު ދަނީ މަޝްވަރާތައް ކުރަމުން. ނަމަވެސް މަޝްވަރާތައް ކާމިޔާބުވެދާނެ ކަމުގެ އެއްވެސް އުއްމީދެއް އަދި ނެތް.

05:49

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލުން ވަނީ ޣައްޒާގައި ހުންނަ ހަމާސްގެ ޓީވީ ޗެނަލް "އަލް-އަޤުޞާ ޓީވީ" ގެ އިމާރާތައް ވައިގެ ހަމަލާތަކެއް ދީފައި. އެހަމަލާތަކުގައި މީހަކަށް ގެއްލުމެއް ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ހަމާސް އިން ކަށަވަރު ކޮށްދީފައެއް ނުވޭ.

05:48

ފާއިތުވި 24 ގަޑިއިރު ތެރޭގައި އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީންގެ ތިން މީހަކު ޝަހީދުވެފައިވާ ކަމަށް "އަލްޖަޒީރާ" އިން ބުނޭ.

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ސިފައިން ފަލަސްތީންގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ރައްދުގައި ޣައްޒާގެ ހަމާސް ޖަމާޢަތުން ފޮނުވާލި ރޮކެޓް ހަމަލާއެއްގައި އިސްރާއީލްގެ އެކަކު މަރުވެ، މަދުވެގެން ތިން މީހުން ޒަހަމް ވެއްޖެއެވެ. ޒަހަމްވި ތިން މީހުންގެ ހާލު ވެސް ސީރިއަސް ކަމަށް އިސްރާއީލްގެ މީޑިއާއިން ބުނެއެވެ.

އިސްރާއީލް މީޑީއާ އިން ބުނާ ގޮތުގައި ހަމާސްގެ ރޮކެޓް ހަމަލާއެއްގައި މަރުވެފައި ވަނީ އިސްރާއީލްގެ 60 އަހަރުގެ ފިރިހެނެވެ. އޭނާ މަރުވީ އިސްރާއީލްގެ އަޝްކެލޮން ގައި ހުންނަ އޭނާގެ ގެއަށް ރޮކެޓް ހަމަލާއެއް އަމާޒު ވެގެންނެވެ. މަރުވި މީހާގެ ނަމެއް އިސްރާއީލް ސިފައިން އަދި އާންމެއް ނުކުރެއެވެ.

މީގެ އިތުރުން އަޝްކެލޮން އަވަށުގެ ދުވަސްވީ އަންހެނަކާއި މެދު އުމުރުގެ ދެ އަންހެނެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

(ތަފްސީލް އަންނަނީ)