އީރާނުން ހަދުފަހަނަ އަޅާފައިވާ ހަގުރާމަވެރި ޖަމާތް އައިއެސްއާ ގުޅުންހުރި 22 މީހަކަށް މަރުގެ އަދަބު ދީފިއެވެ.

އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ މީހުންނަށް މަރުގެ އަދަބު ދިނީ މިދިޔަ މަހު އީރާނުގެ އަހުވާޒް ސިޓީގައި ބޭއްވި މިލިޓަރީ ޕެރޭޑަކަށް އައިއެސް އިން ދިން ހަމަލާއާ ގުޅުން އޮތުމުންނެވެ. އެ މީހުންނަށް މަރުގެ އަދަބު ދިނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ކޯޓުން މަރުގެ އަދަބުދިން މީހުންގެ އާއިލާތަކަށް މަރުގެ ސެޓްފިކެޓް ހަވާލުކުރި ނަމަވެސް އެ އެއްވެސް މީހެއްގެ ހަށިގަނޑު އާއިލާ އާ ހަވާލުކޮށްފައެއް ނުވެއެވެ. އަދި އެ މީހުނަށް ޖަނާޒާ ބާއްވައިފިނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކޯޓުން ވަނީ ދީފައެވެ.

ރިޕޯޓްތަށް ބުނާގޮތުގައި އަސްކަރީ ހިގާލުމަށް ދިން ހަމަލާއާ ގުޅިގެން އެ ގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ އެތައް ސަތޭކަ ބަޔަކު ހައްޔަރު ކޮށްފަ އެވެ. އީރާންގެ އަސްކަރިއްޔާ އިން ބޭއްވި ހިނގާލުމަށް ހަމަލާ ދީފައި ވަނީ ބަޑިންނެވެ. ހަމަލާގައި 25 މީހުން މަރުވެ 60 އަށް ވުރެ ގިނަ މީހުން ޒަހަމް ވިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާ ދީފައި ވަނީ ހަތަރު މީހަކު ވެގެންނެވެ. ސަލާމަތީ ބާރުތަކުން ވަނީ އޭގެ ތެރެއިން ތިން މީހުން މަރާލާފައެވެ. ހަތަރު ވަނަ މީހާ ވަނީ ހައްޔަރު ކޮށްފައެވެ.

އީރާން ސަރުކާރުން ބުނާ ގޮތުގައި އަސްކަރީ ހިނގާލުމަށް ދިން ހަަމަލާގެ ފަހަތުގައި އޮތީ އެގައުމުގެ ދުޝްމަނު އަވައްޓެރި ގައުމެކެވެ. ވަކިވެ ގަތުމަށް މަސައްކަތް ކުރާ ޖަމާޢަތެއް ކަމަށްވާ އަރަބް ޑިމޮކްރަޓިކް މޫވްމަންޓުން ވަނީ މިހަމަލާގެ ޒިންމާ އުފުލާފައެވެ. އީރާނުން ބުނާ ގޮތުގައި މިއީ ސައުދީ އަރަބިއްޔާގެ މަދަދު ލިބޭ ޖަމާޢަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތިއީ އައި އެސް އާއި ގުޅުން ހުރިބައެއް ނޫން. އަހްލު ސުންނަ ވަލް ޖަމާއަތު ގެ ބައެއްވީމަ މަރާލީ ކޮންމެވެސް ކަމެއް ބޮލުގައި އަޅުވާފައި