މަދު ދުވަސް ކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެތައް މިލިއަން ބަޔަކު މަރާލުމުގެ ގާބިލްކަން ލިބިފައިވާ ނުރައްކާތެރި ރޯގާއެއް ފެތުރިދާނެކަމުގެ އިންޒާރު ދީފިއެވެ.

މި ރޯގާއަކީ ފެތުރިއްޖެ ނަމަ ފުރަތަމަ 200 އެއްހާ ދުވަހުގެ ތެރޭގައި 33 މިލިއަން މީހުން މަރާލުމުގެ ގާބިލްކަން ލިބިފައިވާ ނުރައްކާތެރި ރޯގާއެކެވެ. މި ރޯގާ އަށް ދީފައިވާ ނަމަކީ "އޮސީ ފުލޫ" އެވެ.

ގްލޯބަލް ހެލްތް ކައުންސިލްގެ ޗެއާމަން ޑރ.ޖޮނެތަން ކުއިކްވެސް ވަނީ އެތައް މިލިއަން ބަޔަކު މަރާލުމުގެ ގާބިލްކަން ލިބިފައިވާ ރޯގާއެއް ފެތުރެން ފަށާފާނެކަމުގެ އިންޒާރުދީފަ އެވެ. އޭނާ ވިދާޅުވީ މި ރޯގާ އަކީ 300 މިލިއަން މީހުން ނެތިކޮއްލާނެ ފަދަ ބާރުފަދަ ރޯގާ އެކެވެ. އަދި މި ރޯގާ ކޮންމެ ވަގުތެއްގައި ވެސް ފެތުރިދާނެ ކަމަށެވެ.

"އަދި ފަރުވާ ހޯދިފައިވާ ނުވާ ގޮތަކަށް ރޯގާގެ ވައިރަސް މިއުޓޭޓްވުމަކީ ނުވަތަ ބަދަލުވުމަކީ ވަރަށް ގާތްކަމެއް" ޑރ ޖޮނެތަން ކުއިކް ވިދާޅުވިއެވެ.

ޑރ ކުއިކް ވިދާޅުވީ ބޮޑު ރޯގާއެއް ފެތުރެން އުޅޭކަމުގެ ނިޝާންތައް ދަނީ ފެންނަމުން ކަމަށެވެ. އަދި މިފަދަ ނުރައްކާތެރި ރޯގާއެއް ފެތުރެން ފަށާތާ ފުރަތަމަ 200 ދުވަހުގެ ތެރޭގައި 33 މިލިއަން މީހުން މަރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

މި ރޯގާ ފެތުރިދާނެ ކަމުގެ ބިރު ބޮޑު ވެފައިވާއިރު 2009 ވަނަ އަހަރު ފެތުރެންފެށި އެޗްވަން އެންވަން ރޯގާގައި 575،000 އަށްވުރެ ގިނަ މީހުން މަރުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖޮނަތަން

    ކޮންމެސް ތަނެއްގަ ކެމިކަލް ޓެސްޓެއް ހަދާލަން ތައްޔާރުވަނީ ދޯ. ކޮންމެސް މުސްލިމް ގައުމެއް ނޫނީ ފަޤީރު ހިސާބުގަނޑެއްގެ ކަންތަށް މިފަހަރު ނިންމާލަން ތި ތައްޔާރުވަނީ.

  2. ހުދާ

    ﷲ އަކްބަރް.

  3. މުއުމިން

    އިންޝާﷲ ބަލި މީހުންނަށް ޝިފާ ދެއްވަވާނދޭ އިންޝާﷲ އަޅަމެން އެންމެނަށް ރައްކާތެރިކަން ދެއްވަވާނދޭ. އާމީން

    • މރ

      އާމީން