ރަޝީއާގެ އައްސޭރި ފަށުގައި އޮންނަ ކަމްޗަޓްކާ ޕެނިޒުއޭލާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި މެޖްނިޓިއުޑް މިންގަނޑުން 6.5 ގެ ބާރުމިނުގައި ބިމުގެ 72 ކިލޯމީޓަރުން އަޑިން ކަމަށް، އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެއެވެ.

މި ބިންހެލުމުގެ ސަބަބުން މިހާތަނަށް ސުނާމީއެއްގެ އިންޒާރު ނެރެފައެއް ނުވެއެވެ. ކަމްޗަޓްކާ ސަރަހައްދުގެ ގިނަ ރަށްތަކަށް މި ބިންހެލުމުގެ އަސަރުކޮއްފައިވާއިރު ބިންހެލުމަށް ފަހު ވަނީ ގިނަ އަދަދެއްގެ ކުދި ލޮޅުންތަކެއް ވެސް މި ސަރަހައްދަށް އައިސްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބާރުގަދަ ބިންހެލުންތައް އަންނަ ނިސްބަތް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފއިވާއިރު 1953 ވަނަ އަހަރު ވަނީ މެޖްނިޓިއުޑް މިންގަނޑުން 8.5 ގެ ބާރުގަދަ ބިންހެމެއް މި ސަރަހައްދަށް ވަނީ އައިސްފައެވެ. އަދި މި ބިންހެމުާއި ގުޅިގެން ޕެސިފިކް ކަޑުގައި އުފެދުނު ބާރުގަދަ ސުނާމީގައި ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފައެވެ.

ކޮންމެ އަހަރަކުވެސް މި ސަރަޙައްދުގެ ބިމުގެ އަޑިން ހާހަކަށްވުރެ ގިނަ ކުދި ބިންހެލުންތައް އަންނަމުންދާއިރު، މި ބިންހެލުންތައް އަންނަމުން މި ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ ބާރުގަދަ ބިންހެލުންތައް އާދަޔާއި ޚިލާފަށް އިތުރުވެފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ފަހުގެ ތާރިހެއްގައި ދުނިޔެ ދެކުނު އެންމެ ބާރުގަދަ ބިންހެލުމަކީ 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމެވެ. މިއީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.

މި ބިންހުމުގައި މުޅި އޭޝިއާ ސަރަހައްދުން 250,000 ވުރެން ގިން މީހުން މަރުވެ އުފެދުނު ބިޔަ ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ވިއެވެ.

ކިޔުންތެރިންގެ ހިޔާލު