އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަންޕް އާއި ދެކޮޅަށް މަޝްހޫރު ނިއުސް ނެޓްވޯކް ސީއެންއެން އިން ދައުވާ ކޮށްފި އެވެ.

ޓްރަންޕްއާއި ދެކޮޅަށް ސީއެންއެން އިން ދައުވާ ކުރީ އެ ނެޓްވޯކްގެ ނޫސްވެރިއެެއްގެ މީޑިއާ ފާސް ވައިޓް ހައުސް އިން ސަސްޕެންޑް ކުރުމާ ގުޅިިގެނެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮސްޓާ ކުރި ސުވާލުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ޓްރަމްޕް ވަނީ މައިކް ދިނުމަށް އެދިފައެވެ. ވައިޓް ހައުސްގެ ޕްރެސް ކޮންފަރެންސްތަކުން އެކޮސްޓާ ސަސްޕެންޑް ކުރީ އެ ހާދިސާ އަށް ފަހު އެވެ.

މި ކަމާއި ގުޅިގެން ސީއެންއެން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ހިތާމަވެރި އަމަލެއް ކަމަށާއި އެ ނެޓްވޯކުގެ ނޫސްވެރިޔާ ޖިމް އެކޮސްޓާ ސަސްޕެންޑް ކުރުމަކީ ގާނޫނުން ލިބިދޭ ސަރުކާރުގެ ކަންކަން މިނިވަންކަމާ އެކު ރިޕޯޓް ކުރުމަށް ހުރަސް އަޅާ ކަމެއް ކަމަށެވެ.

ސީއެންއެންގެ މި ވާހަކަތަކަށް ރައްދުދީ ވައިޓް ހައުސް އިން ބުނީ ޓްރަމްޕް ސަރުކާރާ ދެކޮޅަށް ސީއެންއެން އިން މައްސަލަ ހުށައެޅީ ސަމާލުކަން ހޯދަން ކަމަށެވެ. ނަމަވެސް ސީއެންއެން އިން ބުނީ މި މައްސަލައިގައި އިންސާފު ހޯދާނެ ކަމަށެވެ.

ވެރިކަމަށް އައިސުރެން ޓްރަމްޕް ގެންދަނީ ސީއެންއެން އަށް ބަހުގެ ހަމަލާ ދެމުންނެވެ. ސީއެންއެން ޓްރަންޕް ސިފަ ކުރަނީ ފޭކް ނިއުސްގެ ގޮތުގަ އެވެ. ޓްރަމްޕް އާއްމުކޮށް ބަހުގެ ހަމަލާދޭ މީޑިއާތަކުގެ ތެރޭގައި ސީއެންއެން، ނިއު ޔޯކް ޓައިމްސް އަދި ވޮޝިންޓަން ޕޯސްޓް ހިމެނެ އެވެ. އެމެރިކާގެ މީޑިއާތަކުގެ ތެރެއިން ޓްރަމްޕްގެ ތާއީދު އޮތީ ފޮކްސް ނިއުސް އަށް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު