އެމެރިކާގެ ބޮޑު ސަރަޙައްދެއްކަމުގައިވާ ކެލިފޯނިޔާގައި މިހާރު ރޯވެ އަނދަމުންދާ އަލިފާންގަނޑުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެއެވެ. އެމެރިކާގެ ނޫސްތަކުން އެންމެ ފަހުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެއަދަދު ވަނީ 58 އަށް އުފުލިފައެވެ.

މަރުވި މީހުންގެ އަދަދާއެކު އަލިފާނުގެ ސަބަބުން ގެއްލުނު މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެޤައުމުގެ ކަމާ ބެހޭ އިދާރާތަކުގެ ވެބްސައިޓުތަކުގައި ގެއްލިފައިވާ މީހުންގެ މައުލޫމާތު އާއްމުކޮށްފައިވާއިރު، އޭގެތެރޭގައި ގިނައިން ހިމެނެނީ އިސް ރަށްވެހިންކަން ފާހަގަކޮށްލެވެއެވެ.

އެމެރިކާގެ "ސީއެންއެން" އިން ބުނެފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ޕެރަޑައިސް ޓައުނުގައި ދިރިއުޅެމުން ދިޔަ މީހުންނެވެ. 27،000 މީހުންގެ އާބާދީއެއް އޮންނަ ޕެރެޑައިސް ޓައުން އަކީ، އަލިފާނުގެ ސަބަބުން ލިބުނު ގެއްލުންތަކާއެކު ޗާޓުންވެސް ފުހެވުނު ސަރަޙައްދެކެވެ.

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި 461 މީހުންނާއި 22 ކުއްތާ ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، ކަމާ ބެހޭ ފަރާތްތަކުން ދަނީ މަރުވެފައި ތިއްބާ ފެންނަ ފަރާތްތަކުގެ ޑީއެންއޭ ސާމްޕަލް ނަގާ، ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ޑީއެންއޭ ޓެސްޓު ހަދަނީ ފިހިފައި ހުންނަ މިންވަރު ބޮޑުވުމުން، ކާކުކަން ވަކި ކުރަން ނޭނގޭތީއެވެ.

ކެލިފޯނިޔާގެ އުތުރާއި ދެކުނުގެ ބޮޑު ސަރަޙައްދަކަށް އަލިފާނުގެ އަސަރުކޮށްފައިވާއިރު ގިނަ އަދަދެއްގެ ގެދޮރުވަނީ ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައެވެ. ޕެރަޑައިސް ޓައުނުގެ ގިނަ އަދަދެއްގެ ގެދޮރު ހަލާކުވެފައިވާއިރު، ސަރަޙައްދު އަލުން އާރާސްތު ކުރުމުގެ މަސައްކަތް ކުރަމުންދާނޭކަމަށް މޭޔަރު ބުނެފައިވެއެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނާގޮތުގައި އަދިވެސް އަލިފާންގަނޑު ފެތުރުމުގެ ބިރު އެބަ އޮތެވެ. އެގޮތުން، ދެކުނު ކެލިފޯނިޔާގެ ސަރަޙައްދެއްގައި ވަރަށް ބޮަޑަށް ރޯވެ އަނދަމުންދާއިރު، މި ތަނުގައި ރޯވެފައިވާ އަލިފާންގަނޑު އެހެން ސަރަޙައްދުތަކަށް ފެތުރުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފަތަރަންޖީ

    ޓްރަމްޕް ކައިރީގައި ބުނޭ ގައުމުތަކުގެ އެމްބަސީތައް ގުދުސަށް ބަދަލުކޮށް ފިލަސްތީނުގެ ހުރިހާ މުސްލިމުން ގެދޮރުން ބޭރުކޮށް ނޫނީ މަރާ ހުސްކުރާށޭ.

  2. ސީނު

    ޕެރަޑައިސް ޓައުނު ތިވީ ހެލް ފަޔަރ ޓައުނަށް

  3. އޭލިއަން މޭން

    އަދިވެސް މުސްލިމުންގެ ގެދޮރުން އެމުސްލިމުން ނެރޭ މީހުންނަށް އެއްބާރުލުންދީ މުސްލިމުންގެ ގެދޮރުތަކަށް ބޮން އަޅާތި؟ އިބުރަތް ލިބިގަނެ އިސްލާހުވާނީ ބުއްދިވެރީންނެވެ. އެމެރިކާ އިސްވެ އޮވެ ލައްކައިން ގުނާލެވޭ މުސްލިމުންގެ ބިންތަކަށް ބޮން އަޅާ ސުންނާފަތިބެގެން މިލިޔަނުން ގުނާލެވޭ މުސްލިމުން ހާލުގަ ޖެހުނު. އެ އަޚުންނާއި އުޚްތުން އެމެރިކާއަށް ކުރާނީ ހެޔޮ ދުޢާތޯއެވެ.

  4. އިބްރާހިމް

    الله أكبر