އެމެރިކާގެ އެއް ސަރަޙައްދުގައި ބޮޑު އަލިފާންގަނޑެއް ފެތުރި، އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އެޤައުމުގެ އެހެން ބައެއް ސަރަޙައްދުތަކަށް ސްނޯގެ ތޫފާންތަކެއް އަރައިފިއެވެ. ސްނޯގެ ތޫފާން އަރާ އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވަނީ އެމެރިކާގެ އިރުއުތުރު ސަރަޙައްދަށެވެ.

އެމެރިކާގެ މަޝްހޫރު މީޑިޔާ، "ސީއެންއެން" އިން ބުނެފައިވާ ސްނޯ ތޫފާނުގެ ސަބަބުން އަށް މީހަކު މަރުވެފައިވެއެވެ.

މީގެއިތުރުންވެސް، "ސީއެންއެން" އިން ބުނެފައިވާ ގޮތުގައި ސްނޯ ތޫފާނުގެ ސަބަބުން އާއްމު ދިރިއުޅުމުގެ ކަންކަން ކުރުމަށްވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން، ބައެއް ސަރަޙައްދުތަކުގެ ސްކޫލުތައް ބަންދުކޮށްފައިވާއިރު ބައެއް ސަރަޙައްދުތަކަށް ދަތުރުކުރަން ހަމަޖެހިފައި ހުރި ފްލައިޓުތައްވެސް ވަނީ ކެންސަލް ކޮށްފައެވެ. އެގޮތުން، 8000 ފްލައިޓު ލަސްވެފައިވާއިރު، 1900 ފްލައިޓު ކެންސަލް ކޮށްފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން އިތުރަށް ހާމަކޮށްފައިވާގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން އެމެރިކާގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކެނޑިފައިވެއެވެ.

އެޤައުމުގެ ނިއު ޖާޒީ ސަރަޙައްދުގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން މިއަދު އެކަނިވެސް، މަގިމަތީގެ 555 އެކްސިޑެންޓް ހިނގާފައިވެއެވެ. މީގެއިތުރުން، އެހެން ސަރަޙައްދެއްގައި ގިނަ އަދަދެއްގެ ބަޔަކާއެކު ދަތުރުކުރަމުން ދިޔަ ބަހެއް ފުރޮޅާލާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ. މި އެކްސިޑެންޓުގައިވެސް ބަޔަކު މަރުވިކަމަށް މައުލޫމާތު ލިބެއެވެ.

ހަމައެހެންމެ، ސްނޯގެ ސަބަބުން ބައެއް ތަންތަނުގައި މީހުން ތާށިވެފައި ތިބިކަމަށްވެސް "ސީއެންއެން" އިން ބުނެފައިވެއެވެ. އެގޮތުން، ސްކޫލުތަކުގައި ދަރިވަރުންތަކެއް ތާށިވެފައި ތިބިކަމަށް އެމީޑިޔާ އިން ބުނެފައިވެއެވެ.

އެމެރިކާ އަށް ސްނޯގެ ތޫފާން އަރާފައިވާއިރު، މިއީ އެޤައުމަށް ފިނި މޫސުން ފެށޭ ދުވަސްވަރެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖ

    އަލްޙަމްދުލިﷲ

  2. ޢާނަ

    ދެރަ ކަމެކޭ ދޯަﷲއަށް ބިރުވެތިވޭ

  3. ސައްޕޭ

    ކޮންފަދަތޯ ތިބާއިން ނިކަމެތިވެ އެމީހުންގެ ފަރާތުން އަނިޔާލިބެމުންދާ މުސްލިމު އަޚުންނާއި އުޚުތުން ސާލާމަތްވެއްޖިއްޔާ

  4. ސައްޕޭ

    ކޮންފަދަތޯ ތިބާއިން ނިކަމެތިވެ އެމީހުންގެ ފަރާތުން އަނިޔާލިބެމުންދާ މުސްލިމު އަޚުންނާއި އުޚުތުން ސާލާމަތްވެއްޖިއްޔާ .....

  5. ޢަބީރު

    ވިސްނާ ފިކުރު ކޮށްލާށެވެ! އިންސާނުންގެ އަތުގައި އޮތީ ކޮން ބާރެއް ހެއްޔެވެ؟
    ދުނިޔެ މަތީ މިވަޤުތު އެންމެ ބާރުގަދަކަމަށް ހެދިގެން އެހެން އެންމެންގެ އެންމެހައި ކަންކަމާބެހި ނުފޫޒު ފޯރުވަމުން ދާ، ތިޔަ ނަންކުރާ އެމެރިކާގައި އެއްފަރާތުން އަލިފާން ހިފައި އެތައްބައެއްގެ ގެދޮރު އަނދައި އަޅިއަށްވެ އޭގެތެރެއިން އެތައްބަޔަކު މަރުވެގެން ދަނީއެވެ. ޢަލިފާނުގެ ހޫނުކަމުންނެވެ. އަނެއް ދިމާއެއްގައި އެ އަލިފާނުގެ ހޫނުކަމުގެ ދިމާ އިދިކޮޅު ފިނިކަމެވެ. ޢެހޫނުކަން އިންތިހާއަށް ބޭނުންވެފައި ތިބި މީހުންތަކެއް މަރުވަމުން އެދަނީ ސުނޯގެ ތޫފާނެއްގައި ޖެހިގެންނެވެ. އެކުސިޑެންޓްތައް ވަނީއެވެ. ފުލައިޓުތަކުގެ ދަތުރުތަކަށް ބުރޫއަރަނީއެވެ. ބާރުގަދަ ޤައުމުގެ ބާރު ނުފޯރުވި ދުނިޔޭގެ"ސުޕަ ޕަވަރ" އަކަށް ވެގެން އޮތީއެވެ.