ދުނިޔޭގެ އެންމެ ބިންހެލުން އަންނަ ސަރަހައްދު "ޕެސިފިކް ރިންގް އޮފް ފަޔާ" އަށް އިއްޔެ ބާރުގަދަ ތިން ބިންހެލުމެއް އަތުވެއްޖެއެވެ.

މެގްނެޓިއުޓް 6.3 ގެ ބާރުމިނުގައި އައި މި ތިން ބިންހެލުން އައިސްފައިވަނީ "ޕެސިފިކް ރިންގް އޮފް ފަޔާ" ހިމެނޭ ސަރަހައްދުގެ ތިން ގައުމަކަށެވެ. އެއީ ސޮލޮމަން އައިލެންޑް, އިންޑޮނޭޝިޔާ, އަދި ޖަޕާނަށެވެ.

މި ބިންހެލުން ތަކުގެ ސަބަބުން ސުނާމީއެއް އުފެދިފައެއް ނުވެއެވެ. އަދި މީހަކަށް އަދި ތަނަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

"ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ ސަރަހައްދަކީ ގިނައިން ބިންހެލުންތައް އަންނަ އަދި އަލިފާން ފަރުބަދަ ގިނަ ސަރަހައްދެކެވެ. ރިންގް އޮފް ފަޔާ ސަރަހައްދުގެ ކަނޑުއަޑީގައި 400 އަށް ވުރެ އަލިފާން ފަރުބަދަ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ.

2004 ވަނަ އަހަރު މި ސަރަހައްދު ހިމެނޭ އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިނގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.

މި ބިންހެލުންތައް އަންނަމުން މި ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ ބާރުގަދަ ބިންހެލުންތައް އާދަޔާއި ޚިލާފަށް އިތުރުވެފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ރެކޯޑުތަކާއި މިއަހަރުގެ ރެކޯޑުތައް އަޅައިކިޔާލާއިރު އެކަން ސާފުވެގެންދެއެވެ.

މިއަހަރަކީ ބިންހެލުންތަކުގެ އަހަރެއްގެ ގޮތުގައި ސައިންސްވެރިން ސިފަކޮށްފައިވަނީ މި ސަބަބަށްޓަކައެވެ. މިއީ ބާރުގަދަ ބޮޑު އެއް ބިންހެލުން އަންނާން އުޅޭކަމުގެ އެންމެ ފަހުގެ ނިޝާންތައް ކަމަށް ތަޖުރިބާކާރުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިކަމެތި އިންސާނާ

    މިއީ ދުނިޔެ ނެތިދިއުމުގެ އަލާމާތްތަކެއް ނޫންތޯއެވެ. އަދިވެސް މިބަލިކަށި އާރެއްބާރެއްނެތް އިންސާނާ ﷲގެ މަގަށް ރުޖޫއަވާކަށް ނުވޭތޯއެވެ.

  2. ފިކުރުވެރިޔާ

    ދުނިޔެ ގިޔާމަޔް ވާނެދުވަހެއް އެއްވެސް މީހަކައް ނޭންގޭނެކަމައް ގުރުއާނުން އެނގެ އެވެ. ޢެނގޭ ހާވެސް ކަމަކީ ހުކުދުވަހެއްގަކަން ގިޔާމަތް ވާނީ