ސައުދީ އަރަބިޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯޤީ މަރާލާފައިވަނީ ސީދާ ސައުދީގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނުގެ އޯޑަރަށްކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ، ސީއައިއޭ އިން ނިންމާފައިވާކަމަށް ބުނެ އިއްޔެވަނީ ޚަބަރުތައް ފެތުރިފައެވެ.

ސީއައިއޭގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން، ނަން ނުޖަހާގޮތަށް އެމެރިކާގެ މީޑިޔާތަކަށް މި މައުލޫމާތު ދިން އިރު، މިކަން އެންމެ ކުރިން ރިޕޯޓުކޮށްފައިވަނީ ޚަޝޯޤީ ވެސް މަސައްކަތް ކުރަމުން ގެންދިޔަ "ވޮޝިންޓަން ޕޯސްޓް" އިންނެވެ. އެހެންނަމަވެސް، މައްސަލައާ ގުޚޭގޮތުން ސީދާ ވާހަކަ ދައްކަން އޭރުވެސް ސީއައިއޭ އިން ދެކޮޅު ހަދާފައިވެއެވެ.

އެމެރިކާ ސަރުކާރުން މި މައްސަލައިގައި ވަކި ގޮތެއް ނިންމާފައި ނުވާކަމަށް އެޤައުމުގެ ސްޓޭޓް ޑިޕާޓްމަންޓް އިން މިއަދު ވަނީ ބުނެފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން، ޚަޝޯޤީގެ މަރުގެ މައްސަލައިގައި ވަކި ގޮތެއް ނިންމާ، އެކަމުގައި ވަލީއަޙުދު މުޙައްމަދު ކުށްވެރިވާ ކަމަށް ނިންމާފައިވާކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ޚަބަރެއްކަމަށެވެ. އަދި، މި މައްސަލައިގައި އަދިވެސް ޖަވާބު ނުލިބޭ ސުވާލުތަކެއް ހުރިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ސީއައިއޭގެ ބައެއް އޮފިޝަލުން، މީޑިޔާތަކަށް ދިން މައުލޫމާތަށްފަހު މި މައްސަލައާ ގުޅުން ހުރި އެންމެ ފަހުގެ މައުލޫމާތުތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ބުނެފައިވާ ގޮތުގައި ޓްރަމްޕް ވަނީ ފޯނު މެދުވެރިކޮށް ސީއައިއޭގެ ޑިރެކްޓަރ ޖިނާ ހެސްޕެލް އަދި ސްޓޭޓް ސެކެރެޓަރީ މައިކް ޕޮމްޕިއޯ އަށް ގުޅާ މިކަމުގެ މައުލޫމާތު ހޯދާފައެވެ.

ޚަޝޯޤީގެ މަރުގެ މައްސަލައާ ގުޅިގެން ޓްރަމްޕް އާއި އެމެރިކާގެ ބައެއް އެހެން އިސްވެރިން މީގެ ކުރިން ބުނެފައިވަނީ މިކަމުގައި ސައުދީ އަރަބިޔާ ޖަވާބުދާރީ ކުރުވަން ޖެހޭކަމުގައެވެ.

މި މައްސަލައިގައި ވަލީއަޙުދުގެ އަތެއްވާކަމަށް ބުނަމުންދާއިރު، ސައުދީންވަނީ މި މައްސަލައިގައި ފަސް މީހަކު މެރުމަށް ޙުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    އަނެއްކާވެސް ލާރިކޮޅެއް ބޭނުންވީތަ؟ މިހާރު ސަތޭކަ މިލިއަން ޑޮލަރު ދީފީމެއްނު؟ އެވަރުންވެސް ނުފުދުނީ އޮތަ؟ ނޫނޭވާ ތިިޔަހަރީ ބެއެއް.

  2. ބުރޯ

    ނުނިންމިޔަސް އޭނަ