މިދިޔަ ހަފްތާގައި ބޭ އޮފް ބެންގާލް ގައި އުފެދުނު ބާރުގަދަ ތޫފާން "ގާޖާ" އިންޑިއާގެ ޓެމިލް ނާޑޫއަށް އަރައި، މިހާތަނަށް މި ތޫފާނުގައި 45 އަށް ވުރެން ގިނަ މީހުން މަރުވެއްޖެ ކަމަށް އެ ސްޓޭޓުގެ ސަރުކާރުން ބުނެފިއެވެ.

ގަޑިއަކު 120 މޭލު ބާރު މިނުގައި ވައިޖެހުނު މި ތޫފާނުގެ ސަބަބުން 80،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ވިއްސާރައިގެ ސަބަބުން 48 ގަޑިއިރު ތެރޭ 175 މިލިމީޓަރުގެ ވާރޭވެހި 120 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހިފައިވާ ކަމަށް އިންޑިއާގެ މީޓިއޮރޮލިޖިކަލް ސެންޓަރުން ރިޕޯޓްކުރެއެވެ.

ތޫފާނުގެ ސަބަބުން މަގުތަކަށް ވެއްޓިފައިވާ ގަސްތަކުގެ އިތުރުން ކަރަންޓު ވިއުގަ މަރާމާތު ކުރުމުގެ މަސައްކަތުގައި ޑިޒާސްޓާ މެނޭޖްމެންޓް އިން ދަނީ ހަރަކާތްތެރި ވަމުންނެވެ.

އިންޑިއާގެ ނޭޝަނަލް ޑިޒާސްޓާ ރެސްޕޯންސް ފޯސްގެ ތަރުޖަމާނު ވިދާޅުވީ ތޫފާނާ ގުޅިގެން މިހާތަނަށް 80،000 އަށް ވުރެ ގިނަ މީހުން ވަނީ 470 ރައްކާތެރި ކޭމްޕުތަކަށް ބަދަލުކޮށްފައެވެ. އަދި ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 9000 ވުރެ ގިނަ އޮފިޝަލުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ތޫފާނުގައި އެއް މީޓަރުގެ އުސް ބާނިތަށް އުފެދުނު އިރު އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ވަނީ އެ ތޫފާން މިހާރު ދަނީ ހުޅަނގަށް ކަމަށާއި، އަދި ދުރަށްދާ ވަރަކަށް ތޫފާނުގެ ބާރު ދަށް ވަމުން ދާނެކަމަށް ބުނެފައެވެ.

ތޫފާނުގެ ސަބަބުން މަރުވެފައިވާ މީހުންގެ އާއިލާތަކަށް 10 ލައްކަ ރުޕީސް ދޭން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ޕަލަނިސްވާމީ ވަނީ ވިދާޅުވެފައި އެވެ.މިދިޔަ އަހަރު ޓެމިލްނާޑުގެ އިތުރުން ކެރެލާ އަށް އެރި ސައިކްލޯން ކޮޗީގެ ސަބަބުން 250 އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު