ޤައުމެއްގެ ސިޔާސީ ކަންކަމަށް ބަދަލު އަންނަން 24 ގަޑިއިރަކީ އެއްގޮތަކަށްވެސް ގިނަ އިރެއް ނޫނެވެ. އެހެންކަމުން، ރަސްކަމެއްގެ ކަންކަމަށް ބަދަލު އަންނަން ހަ މަސް ދުވަހުގެ މުއްދަތެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ރަސްކަމެއް އޮންނަ އިނގިރޭސިވިލާތަށްވަނީ އެފަދަ ކަމެއް ދިމާވެފައެވެ. އެއީ ސީދާ ރަސްކަމުގެ ނުވަތަ ރަނިކަމުގެ ސީދާ މަސައްކަތްތަކާ ގުޅުން ނެތް ކަންކަމުގައިވިޔަސް، އެއީ ޝާހީ އާދަކާދަތަކާ ގުޅުން ހުރި ކަންކަމެވެ. އިނގިރޭސި ޝާހީ އާއިލާގެ މެމްބަރަކަށް މީގެ އެންމެ ހަ މަސް ދުވަސް ކުރިންވީ މޭގަން މާކެލް ދަނީ ޝާހީ އާއިލާގެ އެތެރޭގެ އެތައް ކަމަކަށް ބަދަލު ގެންނަމުންނެވެ.

އެންމެ ފުރަތަމަ ކަމަކަށް އޭނާއަކީވެސް ޝާހީ އާއިލާއަށް އައި ބަދަލެކެވެ. އޭނާ ވެގެން ގޮސްފައިވަނީ އިނގިރޭސި ޝާހީ އާއިލާގެ މެމްބަރަކަށް ފުރަތަމަ ވީ އެފްރިކަން-އެމެރިކަން މީހާއަށެވެ.

އިނގިރޭސި ނޫސްތަކުން ބުނެފައިވާ ގޮތުގައި މޭގަން ވަނީ ޝާހީ އާއިލާގެ ތެރޭގައި އެކުލަވާލާފައިވާ ހެދުން އެޅުމުގެ ކަންކަމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ސީދާ ރާނީ އެލިޒަބެތު ކަނޑައަޅާފައިވާ އުސޫލުތައްވެސް މޭގަން ބަދަލުކޮށްފައިވާކަމަށްވެއެވެ.

އެގޮތުން، ނޫހަކުން ބުނެފައިވާ ގޮތުގައި މޭގަން ޝާހީ އާއިލާގެ ތެރެއަށް ވަތް އިރު އޭނާއަށް އިރުޝާދު ދީފައިވަނީ ހޮލީވުޑް ތަރިއެއްފަދައިން ހެދުން އެޅުމުގެ ބަދަލުގައި ޝާހީ މީހެއް ފަދައިން ހެދުން އެޅުމަށެވެ. އެހެންނަމަވެސް، އޭނާއަށް އެކަން އެންމެ އެކަށީގެންވާ ގޮތުގައި ނުކުރެވޭ ކަމަށްވެއެވެ.

މޭގަން އާއި ރާނީގެ މެދުގައި ރަނގަޅު ގުޅުންތައް އޮތްކަމުގައިވެސް، މި ދެމީހުންގެ މެދުގައި އޮންނަ ގުޅުންތައް މޭގަން ކުރި ކަމެއްގެ ސަބަބުން ހީނަރުވިކަމަށްވެސްވެއެވެ. އެގޮތުން، ރަނީއާއި ޝަހީ އާއިލާގެ އެހެން އަންހެނުން ބައިވެރިވި އިވެންޓަކަށް ދިއުމުގެ ކުރިން ބޮލުގައި ތޮފި އަޅަން ރާނީ އެންގިކަމަށްވެއެވެ. އެހެންނަމަވެސް، މޭގަން އެކަމަށް އިޖާބަ ދީފައި ނުވެއެވެ. ރާނީ އެގޮތަށް އަންގަނީ، އެ އިވެންޓުގައި ރާނީވެސް އެގޮތަށް ކަންތައް ކުރަން ބޭނުންވާތީކަމަށްވެއެވެ.

މީގެއިތުރުން، ކެންސިންޓަން ޕެލަހުގައި އުޅޭ އުޅުމުގައިވެސް މޭގަން އަކީ ތަފާތު މީހެއްކަމަށްވެއެވެ. އެގޮތުން، ކޮންމެ ދުވަހަކު ފަތިހު ފަހެއް ޖަހާއިރު ހޭލައިގެން އެކި ކަންކަމުގައި އުޅޭކަމުގައިވެއެވެ. ހަމައެހެންމެ، އޭނާއަކީ ޝާހޯ ގަނޑުވަރުގައި އުޅޭ މުވައްޒަފުންނަށްވެސް ވަރަށް ގިނަ ކަންކަން ހަވާލު ކުރާ މީހެއްކަމަށްވެއެވެ.

މިކަންކަމާ ގުޅިގެން މީޑިޔާ އިން ވަނީ އެއީ "ތޫފާން މޭގަން" ގެ ގޮތުގައިވެސް ސިފަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދިވެހިދަރި

    ޢެމް އެންޑީއެފް އަށް އެރި ތޫފާނު ކުޑަތަ؟

    • ޔެސް

      އެމް.އެން.ޑީ.އެފް އަށް ވަނީ ތޫފާން މާރިޔާ އަރާފަ ރޭގެ ވަގުތެއްގައި.

    • މަ

      ހެއުކޮށް ތިބުނީ

  2. ނަން ނޭންގޭ

    ރަނގަޅު ވާހަކައެއް.

  3. މޯޑީ

    ޢިގިރޭސި ސާހީ އާއިލާ އަށް ރަންނަމާރި އެރިޔަސް އަހަރެމެންނަށް ކީްއްތަ؟

  4. ހިލްމީ

    ޢެފްރިކަން އެމެރިކަން އަށް ދިވެހިން ކިޔާނީ އެފްރިކާނަސްލުގެ އެމެރިކާމީހުން

  5. ދުރުމީ

    ތިތަނުގެ ދުވަސް ދިއައީ.ކުރިންވެސް އެރި ތޫފާނެއް އެރިނަމަ ތަންކޮޅެއް ބާރުގަނޑު ކުޑަވާނެ. މުވައްޒަފުންވެސް ތިބޭނީ ހޭނިފަތާ

  6. ނުރަބޯ

    މިގައުމަށްވެސް މިވަނީ ރީނދޫ ޠޫފާން އަރާފަ.

  7. ޖަމީލް

    ދިވެހި ޤަވްމަށް ޔެލޯއެލާޓް ނެރިފަ މިއޮތީ! މުޅި ޤަވްމު ހަލާކުވެ ފަސާދަވާކަށް ނުނަގާނެ ގިނަދުވަހެއް!