ފަހަކަށް އައިސް އެމެރިކާ އަށް އަރާ ތޫފާންތައް ބާރުގަދަ ކަމަަށް ދިރާސާ އަކުން ދައްކައިފިއެވެ.

ސައިންސްވެރިން ހެދި މި ދިރާސާއިން ދައްކާގޮތުގައި އެމެރިކާއަށް ފަހުގެ ތާރީހުތަކުގައި އެރި ބާރުގަދަ ތޫފާންތަކުގައި ވާރޭ ވެހުނު މިންވަރާއި ގެއްލުން ލިބުނު މިންވަރު ވަނީ އިތުރުވެފައެވެ. ސައިންވެރިން ގަބޫލު ކުރާ ގޮތުގައި މިއީ އިންސާނުންގެ އަމަލުތަކުގެ ސަބަބުންނާއި މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

ބްރިޓިޝް ޖާނަލް ނޭޗާރ ގައި ޝާއިރުކޮށްފައިވާ މި ދިރާސާއިން ދައްކާގޮތުގައި އެމެރިކާ އަށް އަރާ ތޫފާން ތަކުގައި ވާރޭ ވެހޭ މިންވަރު ވަނީ 9 އިންސައްތަ އިތުރުވެފައެވެ. އަދި މުސްތަގުބަލުގައި މި މިންވަރު 30 އިންސައްތަ އަށް އިތުރުވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

އެޓޮމޮސްފެއަރިކް ސައިސްވެރިއެއް ކަމަށްވާ ޖޭސް ކޮސިން ވިދާޅުވީ 1949 އިން ފެށިންގެ 2016 ވަނަ އަހަރާއި ހަމައަށް އެޓްލާންޓިކް ކަނޑުގައި ތޫފާންތަށް ދަތުރުކުރާ ބާރުމިން އެކި ރޭޓް ތަކުގައި ދައްވެފައިވާކަމަށެވެ.

އެމެރިކާ ސަރަޙައްދުގައި މިހާރު ދައުރުވަމުންދާ ތޫފާންތަކަކީ ފަހުގެ ތާރީޚެއްގައިވެސް ރެކޯޑު ކުރެވިފައިނުވާހައި ބާރުގަދަ ތޫފާންތަކަކެވެ.

އެމެރިކާގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކުރާ ގޮތުގައި އެމެރިކާގެ އެކި ސްޓޭޓްތަކަށް ފަހުގެ ތާރީހުތަކުގައި 15 އަށްވުރެ ގިނަ ބާރުގަދަ ތޫފާން އާއި 150 އަށް ވުރެން ގިނަ ނަގޫ ރޯޅި އަރާފައިވާކަމަށާއި މިފަދަ ތޫފާންތަކުގެ ނުރައްކާތެރިކަން ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައިވެސް ކުރިމަތިނުވާކަމަށެވެ.

އެމެރިކާގެ މޫސުމާ ބެހޭ އިދާރާއިން ބުނާގޮތުން ފަހަކަށް އައިސް ތޫފާންތަށް އުފެދޭމިންވަރު އެހެން އަހަރަތުތަކަށްވުރެ ގިނަ ކަމަށެވެ. މޫސުމާއި ބެހޭ އިދާރާއިން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތްތާގައި އަދިވެސް ތޫފާންތަށް އަރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖޮއްބެ

    އަލްޙަމްދު ލިﷲ.

  2. ޖޮްއްބެ

    އަލްޙަމްދުލިﷲ.

  3. ާފާއިޒު

    އެތަނަށް އަންނަ ތޫފާން ތަކުން އެތަނުގައި އުޅޭ ހެޔޮލަފާ މުއުމިނުންތައް ސަލާމަތް ކޮށްދެއްވާންދޭވެ! އާމީން

  4. ހުރސް

    އަލްހަމްދުލިއްލާހި