އިންޑިއާގައި ހަތަރު މީހަކު ވެގެން ފިރިހެން ކުއްތާއެއް ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިންޑިއާގެ ނޫސްތައްް ބުނާގޮތުގައި، މަގުމަތީގައި އޮންނަ އެ ކުއްތާ ރޭޕްކޮށްފައިވާކަން ފަޅާ އަރާފައި ވަނީ އެއަށް ކާންދީ އުޅޭ މީހުންނަށެވެ.

މުމްބާއީގައި މިދިޔަ ހޮނިހިރު ދުވަހުގެ މި ހާދިސާ ހިނގިއިރު، އެކަން ފަޅާއަރާފައި ވަނީ، އެ ކުއްތާއަށް އަބަދު ކާން ދީ އުޅޭ މީހާއަށެވެ. އެ މީހާ ބުނިގޮތުގައި، އޭނާއަށް މަގުމަތިން އެ ކުއްތާ ފެނިގެން އެއަށް ކާން ދޭން ބުނީ ފިރިމީހާ ކައިރީގައެވެ. އަދި އެއަށް ކާން ކާން ދޭން ދިޔުމުން އެ ކުއްތާ އޭނާއާ ދުރަށް ދާތީ، ކިހިނެއް ވީތޯ ބެލިއިރު، ޖިންސީ ގުނަވަނަށް ވަރަށް ބޮޑަށް ގެއްލުންދީފައިވާތަން ފެނުން ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި، އެ ކުއްތާގެ ޖިންސީ ގުނަވަނުން ހުރީ ލޭވެސް އައިސްފައެވެ.

އެ ކުއްތާ ރޭޕްކުރި ކަމަށް މަންޒަރު ދުށް މީހަކު އެ ކުއްތާއަށް ކާން ދެ މީހާ ކައިރީގައި ބުނިގޮތުގައި، އެ ކުއްތާ ރޭޕްކުރީ ވަރަށް އިހާނެތި ގޮތަކަށް ބަދެފައި ބާއްވާފައި ކަމަށެވެ.

މިހާރު އެ ކުއްތާއަށް އެނިމަލް ވެލްފެއާ ކުންފުނިން ދަނީ ފަރުވާދެމުންނެވެ. އަދި އެ ކުއްތާ ކައިރިއަށް މީހަކު ދިޔަޔަސް އޭތި ބިރުން އުޅޭކަމަށް އެ މީހުން ބުންޏެވެ. އަދި އެ މީހުންވެސް ވަނީ އެ ކުއްތާއަށް ޖިންސީ ގޯނާކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ާހަސަން

    ޢިންޑިއާ މީހުންނަކީ ނުލަފާ ޖާހިލު ބަައެއް. މިފަދަ ޤައުމުތަކާއި އަދިވެސް ގުޅުން ބަދަހި ކުރޭ!

  2. ޢަލީ ހަމީދު

    ސާބަހޭ ގެރިމޯދީ..ތިޔައޮތީ ގައުމެއް.

  3. ހުސޭނުބޭ

    އިންޑިޔާގައި ކުރާ ކަންތައްތައް ޖަޒީރާ ރާއްޖޭގައި ވަރަށް ކަމުދާނެ! ވީމާ ކޮންމެ ބޭފުޅެއްވެސް ގޭގައި ގެންގުޅޭ ބުޅާ ގެއިން ބޭރަށް ދިޔަނުދީ ހިމާޔަތްކުރައްވާ!

  4. ޏަން

    ކޮބާ ރޭޕް ކުރުމަކީ؟ ޢެތަނަށް، އެފަދަކަމެއް އަނިޔާކުރުމުގެ ގޮތުން ކުރުމަކީ ރޭޕައްކަމުގައި ވާނަމަ ބެލުންވެސް ރޭޕް ދޯ

  5. ބޮލި މުލައް

    އަންހެން ކުއްތާއެއްކަމެއް ފިރިހެން ކުއްތާއެއްކަމެއްވެސް ނޭނގެއެއްނު. ތިކަން ގެރި މޯދީއަށް ނާންގާތި.

  6. ބޯހަލާކު

    ސާބަސް ޖަނަވާރެއްވެސް ދޫކޮށް ނުލާތި. އަދި ކުކުޅު ހާވެސް އުޅޭނެ.

  7. ތެދުތެދަށް

    އެ ހަތަރު މީހުންނާއި އެ ކުއްތާވެސް މަރާލަން ޖެހޭނެ.

    • ހހހހހ

      ކީއްވެ ކުއްތާ މަރާލަން ވީކީ؟

  8. ސައްތާރު

    ކުއްތާގަނޑެހާ މިނުންވެސް ދޫކޮށްނުލާ ބަޔަކު މިގައުމުގާ ހަންފެތުރުމަކީ މުސްތަގުބަލުގަ އަހަރަމެންގެ ޅަދަރިންނަށް ނުރައްކަލާ ކުރިމަތިވާނެކަމެއް! މިހާރުވެސް އައްޑު އަތޮޅުގެ އުޅޭ ތިރީހަކަށް އިންޑިޔާ މީހުންގެ ސަބަބުން އުދަގޫތަކާ ކުރިމަތި އެބަވޭ! ޔޫތު ސެންޓަރަކީވެސް ހީވާގޮތުން އިންޑިޔާމީހުންނަށް ހާއްސަތަނެއް، ހަމަގައިމުވެސް ދިވެހިންނަށް އިންޑިޔާގަ މިގޮތަކަށް އުޅުނަ ނުދޭނެ އެމީހުނެއް!!!