އަވަށްޓެރި އިންޑިޔާގެ ވެރިރަށް ނިއު ދިއްލީއަކީ، މުޅި ދުނިޔޭގެ ނިސްބަތުން ބެލިކަުގައިވިޔަސް އެންމެ ވައި ތަޣައްޔަރުވެފައިވާ އެއް ސަރަޙައްދެވެ. މިކަމުގެ ސަބަބުން އެސަރަޙައްދުގައި ދިރިއުޅޭ އިންސާނުންނާއި ޖަނަވާރުންގެ ފުރާނައަށްވަނީ ނުރައްކާތެރިވެފައެވެ. ދިއްލީގެ ވައިގެ ތެރެއަށް ނޭވާލުމަކީ، އެއް ދުވަހާ ވިހި ސިނގިރޭޓު ބުއިންހާ ނުރައްކާތެރި ކަމެއްގެ ގޮތުގައި، ކަމާ ބެހޭ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

އެހެންކަމުން، މިކަމަށް އެދެވޭ ހައްލެއް ހޯދުމަށް އިންޑިޔާގެ ސަރަޙައްދަށްވަނީ ނުކުޅެދިފައެވެ. މިކަމަށް އެތައް ޚިޔާލެއް ހުށަހަޅާފައިވެއެވެ. އަދި، އެތައް ކަމެއް ކޮށްފައިވެސްވެއެވެ. އެހެންނަމަވެސް، މި ބޮޑު މައްސަލައަށް އަދިވެސް އެދެވޭ ހައްލެއް ލިބިފައި ނުވެއެވެ.

އިންޑިޔާގެ ސަރުކާރުން މިހާރު ކުރަން ނިންމާފައިވަނީ މަސްނޫޢީ ވާރޭ ވެއްސުމެވެ. މިއީ އުނދަގޫ ކަމެއްކަމުގައިވިޔަސް، މިކަން ކުރެވިއްޖެކަމުގައިވާނަމަ، ވައި ތަޣައްޔަރުވުމަށް އެދެވޭ ހައްލެއް ލިބިދާނެކަމުގެ ޔަޤީންކަން އޮތްކަމަށްވެއެވެ.

އެޤައުމުގެ ސަރުކާރުގެ ސީނިޔާ އޮފިޝަލަކު ބުނެފައިވާ ގޮތުގައި މިކަން ކުރަން ނިންމާފައިވަނީ ކްލައުޑް ސީޑް ކޮށްގެންނެވެ. އަދި މޫސުމީ ކަންކަން ރަނގަޅުވުމުން، މިކަން ކޮށްގެން މަސްނޫޢީ ނުވަތަ އާޓިފިޝަލް ކޮށް ވާރޭ ވެއްސޭނެކަމަށް ބުނެފައިވެއެވެ.

ސީނިޔާ އޮފިޝަލް އިތުރަށް ބުނެފައިވާ ގޮތުގައި މި ހަފްތާގެ ތެރޭގައި މިކަން ކުރަން ވަނީ ނިންމާފައެވެ. އެހެންނަމަވެސް، މުސޫމީ ގޮތުން ބަލަން ޖެހޭ ކަންކަން ބަލާ، އެކަންކަން އެންމެ ރަނގަޅުކަމަށް ނުފެންނަކަމުގައިވާނަމަ މިކަން ފަސްވެގެން ގޮސްދާނެއެވެ.

ކްލައުޑް ސީޑް ކުރުމަކީ ވިލާތަކުގެ ތެރެއަށް އެކި ޒާތްޒާތުގެ ކެމިކަލް ފޮނުވުމެވެ. މިގޮތުން ފޮނުވާ ކެމިކަލުގެ ތެރޭގައި ސިލްވަރ އަޔޮޑައިޑް، ޑްރައި އައިސް، ލޮނު އަދިވެސް އިތުރު މާއްދާތައް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

މީގެކުރިން، 2016 ވަނަ އަހަރުގެ ތެރޭގައިވެސް މަސްނޫޢީ ވާރޭ ވެއްސުމަށް އިންޑިޔާ އިން މަސައްކަތް ކޮށްފައިވެއެވެ. އެހެންނަމަވެސް، އޭރު އެކަން ކާމިޔާބު ކުރެވިފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާއްޖެ

    ކައު ޔޫރިންތަ؟