އިންޑިއާގައި ހަތަރު ފިރިހެނަކު ވެގެން ރޭޕްކުރި ފިރިހެން ކުއްތާ މަރުވެއްޖެކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، ހަތަރު ފިރިހެނަކު ވެގެން މަގުމަތީ އުޅޭ ކުއްތާއެއް ރޭޕްކުރުމުގެ ސަބަބުން އެ ކުއްތާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އަދި އެ ކުއްތާއަށް ފަރުވާދިނުމަށް "އެނިމަލް މެޓާ ޓު މީ" ކިޔާ ވެލްފެއާ އޯގަނެޒޭޝަނަކުން ދިޔައީ މަސައްކަތްތަކެއްވެސް ކުރަމުންނެވެ.

އެހެން ނަމަވެސް އެ މީހުން އެންމެ ފަހުން ބުނެފައިވާގޮތުގައި، އެ ކުއްތާއަށް ފަރުވާދެމުން ދަނިކޮށް މިހާރު ވަނީ މަރުވެފައެވެ.

އެ އޯގަނެޒޭޝަން އިން ވަނީ ކުއްތާއަށް ފަރުވާދެނިކޮށް ނަގާފައި ހުރި ބައެއް ފޮޓޯތައް މީސް މީޑިއާގައި އާއްމު ކޮށްފައެވެ. މިހާރު އެ ކުއްތާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ވަނީ ނިންމާފައެވެ.

ކުއްތާއެއް ރޭޕްކުރި ހަތަރު މީހުން ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މިދިޔަ ހަފްތާ ހޮނިހިރު ދުވަހު އެ ކުއްތާ ރޭޕްކޮށްފައިވާކަން ފަޅާއަރާފައި ވަނީ ކުއްތާއަށް ކާންދީ އުޅޭ މީހުންނަށެވެ. އެއިރުވެސް އެ ކުއްތާގެ ޖިންސީ ގުނަވަންތައް ވަރަށް ބޮޑަށް އަނިޔާވެ، ލޭވެސް އައިސްފައިހުރިކަމަށް ވެއެވެ.

ކުއްތާ ރޭޕްކުރި މީހުން ތިބީ މަސްތުގެ ހާލުގައި ކަމަށް މަންޒަރު ދުށް މީހަކު ވަނީ ބުނެފައެވެ. އަދި އެ ކުއްތާ ރޭޕްކޮށްފައި ވަނީ ބަނދެފައި ބާއްވައިގެންކަމަށްވެސް އެ މީހާ ވަނީ މީޑިއާގައި ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Ach
  2. ސޮއްބެ

    އިންޑިއާގަ ޒިނޭ ހުއްދަ އެހެންވެ އެއީ މައްސަލައެއް ނޫން....

  3. ސޯލް

    މެދުއިރުމަތީގެ ހާލަތު ދެން ކީކޭ ބުނާނީ

  4. އެންދެމޭ ބޭބެ

    ކޮންމެވެސް މީހަކު އެބައޮތް މިއީ މެދުއިރުމަތީ ގެ ޙާލަތޭވެސް ލިޔެފަ، އަނެއްކާ އިންޑިއާ އަށް މިހާރު ކިޔަނީ މެދުއިރުމަތި ތަ؟