ސައުދީ އަރަބިޔާއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރާއިގެ ސަބަބުން ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި ސައުދީ އަރަބިއްޔާއިން މަރުވި މީހުންގެ އަދަދު 35 އަށް އަރައިފިއެވެ.

ސައުދީގެ ސިވިލް ޑިފެންސް އޮތޯރިޓީއިން ބުނެފައިވަނީ ފެންބޮޑުވުމުގެ ހާދިސާތަކާއި ގުޅިގެން 5000 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެސް ކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެގެން ރިޕޯޓްކޮށްފައިވަނީ މައްކާއިނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މަދީނާ އާއި މައްކާގެ އިތުރުން ދަވަދްމީ އަދި އަލް ބަހާ ޕްރޮވިންސަށް ވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

މައްކާއިން 11 މީހަކު މަރުވި ކަމަށް ރިޕޯޓްކޮށްފައިވާއިރު ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ބަލާ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ވިއްސާރައިގެ އަސަރު މިދިޔަ ހުކުރު ދުވަހުން ފެށިގެން ދަނީ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ކުރަމުންނެވެ. އެގޮތުން މެދުއިރުމަތީގެ އެކި ހިސާބުތަކުގައި ފެންބޮޑުވުމުގެ އިތުރު ހާދިސާތަކެއް ހިނގުން އެކަށީގެންވާކަމުގެ އިންޒާރުވެސް، މޫސުން ކުރިއަށް ލަފާކުރާ ފަރާތްތަކުން ވަނީ ދީފައެވެ.

ކޮންމެ އަހަރެއްގެ ވެސް މި ދުވަސްކޮޅަކީ މެދުއިރުމައްޗަށް އާންމުކޮށް ވިއްސާރަ މޫސުމެއް ނަމަވެސް، ސައުދީ އަރަބިއްޔާ، ކުވައިތު، އިރާގު އަދި އީރާނަށް މިމަހު އާދަޔާ ޚިލާފު ގަދައަށް ވިއްސާރަކޮށްފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

ކުރިއަށް އޮތް ދެދުވަހު ވެސް ވިއްސާރައިގެ އަސަރު ކުރާނެ ކަމަށް މޫސުން ލަފާކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޢަޖައިބުތަކެއް ފެންނާނެ ކަމަށް ބެލެވޭ ، ހޫނުކަން ގަދަ މެދުއިރުމަތި ގަސްގިނަ ފެން ކޯރުތަކާއި ފެންގަނޑު ތައް އުފެދިގެންދާނެ ހަދީޘް ފުޅުގައި ވާ ފަދައިން ، ހައްތަހާވެސް ޤިޔާމަތުގެ ޢަލާމާތްތައް

  2. މަށަށް އޮޅުން ފިލުވައި ދީބަލަ ކޮންމެސް މީހަކު މިއީ ކޮންކަހަލަ ކަމެއްތޯ؟

  3. ތިއީ އައި.އެމް. ސާލިހު ގެ ކޯލިޝަން ސަރުކާރުގައި ރެނދުލައި ރޫޅުމުގެ އަލާމާތެއް .