އެއް ޖިންސުން ކައިވެނި ކުރުން ހުއްދަކުރުމަށް ގޮވާލާ، އެކަމަކަށް ވަކާލާތު ކުރަމުން ދިޔަ ފަރާތްތަކަށް ޓައިވާނުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އެގޮތުން، ޓައިވާނުގައި އެއް ޖިންސުން ކައިވެނި ކުރުން ހުއްދަކުރަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުގައި، އެޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވޯޓު ލައިފައިވަނީ، އެފަދަ ކައިވެނި ކުރުން ހުއްދަ ކުރަން ނުފެންނަ ކަމަށެވެ. އެގޮތުން، އިއްޔެ ނަގާފައިވާ މި ވޯޓުގައި، މިފަދަ ކައިވެންޏާ ދެކޮޅަށް ހަތް މިލިއަން މީހުން ވޯޓު ލައިފައިވެއެވެ.

ހަމައެހެންމެ، އެއް ޖިންސުން ގުޅުން ހިންގާ ފަރާތްތަކަށް ދޭ އަދަބުތައް ހަރުކަށި ކުރުމަށްވެސް، އިއްޔެ ނެގި އެހެން ވޯޓެއްގައި މެޖޯރިޓީ ރައްޔިތުން ގޮވާލާފައިވެއެވެ.

ޓައިވާނުގައި މި ވޯޓު ލައިފައިވާއިރު، އެޤައުމުގެ އެންމެ މަތީ ކޯޓުން، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ އެއް ޖިންސުން ކައިވެނި ކުރުން ހުއްދަކޮށްފައެވެ. އެހެންނަމަވެސް، ސަރުކާރުންވަނީ އެކަން ބަލައިގަންނަން ދެކޮޅު ހަދާ، ސަރުކާރަށް ލިބިދޭ ބާރުގެ ދަށުން ފެންނަ ނުފެންނަ ވޯޓެއް ބާއްވާފައެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި އިއްޔެގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ އެޤައުމުގެ ލޯކަލް ކައުންސިލް އިންތިޚާބާވެސް އެކުގައެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުއްޅަބޭ

    މިގައުމުގަވެސް ތިކަންކުރާނެ! އިންޑިޔާ އެއޮތީވެރިކަން ހޯދާދީފަ!

  2. ޙަސަން

    މިރާއްޖޭގައި ކާމިޔާބު ލިބެނީ އެކަމަށް ގޮވާލާ ބައިގަނޑަށް. އެކަމަކު އެ ބައިގަނޑަށް މިރާއްޖޭގައި ތާއީދުކުރަނީ އިސްލާމުންނޯ.