މީގެ ހަތަރު އަހަރު ކުރިން 2014 މާޗް 08 ވަނަ ދުވަހު ގެއްލުނު މެލޭޝިއަން އެއާލައިންގެ ފްލައިޓް އެމްއެޗް 370 ކެމްބޯޑިއާގެ ޖަންގައްޔެއްގެ ތެރެއިން ފެނިފައިވާ ކަމަށް ދައުވާ ކުރާ ތަޖުރިބާކާރު ޑެނިއެލް ބޮޔާ އަނެއްކާވެސް އިތުރު ވާހަކަތަކެއް މީޑިއާގައި ދައްކައިފިއެވެ.

ވައިގެ ދަތުރުފަތުރުގައި ދިމާވާ އެކްސިޑެންޓްތައް ތަޙްޤީޤު ކޮށްފައިވާ ތަޖުރިބާކާރު ޑެނިއެލް ގޫގްލް އާތު އާއި އެޕަލް މެޕްސް އިން ނަގާފައިވާ ފޮޓޯތައް ދިރާސާ ކުރުމަށް ފަހު ބުނަނީ އެމްއެޗް 370 ކެމްބޯޑިއާގެ ޖަންގައްޔެއްގެ ތެރޭގައި އޮތް ކަމުގެ ސާބިތު ހެކި ފެނިއްޖެ ކަމަށާއި ދެން އިތުރަށް އެމްއެޗް 370 ހޯދަން އެހެން ތަންތަން ބެލުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"އަހަރެންނަށް 100 އިންސައްތަ ޔަގީން މިއީ ގެއްލިފައިވާ ފްލައިޓްކަން. މިކަން ނަފީ ނުކުރެވޭ ވަރުގެ ހެކިތައް އަހަރެންގެ އަތުގައި އެބަހުރި. މިފޮޓޯތަކުން ފެންނަނީ ގެއްލިފައިވާ ފްލައިޓް ނޫންކަމަށް ވެއްޖެނަމަ އުމުރުގެ ބާކީ ހުރިހާ ދުވަހެއް ޖަލުގައި އޮންނަން ވެސް އަހަރެން މިހިރީ ތައްޔާރަށް. މިއީ ގެއްލުނު ފްލައިޓްކަން އަހަރެންނަށް ޔަގީން." ޑެނިއެލް ބުންޏެވެ.

ތަޖުރިބާކާރު އާންމުކުރި ފޮޓޯއެއް
ތަޖުރިބާކާރު އާންމުކުރި ފޮޓޯއެއް

ޑެނިއެލް ބުނާ ގޮތުގައި ބޮއިން 777 މަރުކާގެ ފްލައިޓްގައި ދެފިޔަގަނޑުގެ ދެމެދުގައި ހުންނަ ދުރުމިނާއި ކެމްބޯޑިއާގެ ޖަންގަލިން "ފެނުނު ފްލައިޓް" ގެ ބައިތަކުގައި ހުރި ދުރުމިން ވެސް ދިމާވެއެވެ. ސެޓްލައިޓް ފޮޓޯތަކުން ފްލައިޓްގެ ބޮޑު އިންޖީނުތައް ވެސް ފެންނަ ކަމަށް އޭނާ ބުނެއެވެ.

"އާންމުން އެބަޖެހޭ ޖަންގައްޔަށް ގޮސް ފްލައިޓް ހޯދުމުގެ މަސައްކަތް ކުރަން. މިސަރަހައްދުގައި ފްލައިޓް އޮތްކަން އަހަރެންނަށް ޔަގީން. ސަރުކާރުން މިހާތަނަށް ފްލައިޓް ހޯދަން ބަލާފައި ވަނީ ނުބައި ސަރަހައްދެއް" ޑެނިއެލް ބުންޏެވެ.

ވައިގެ ދަތުރުފަތުރުގެ ތާރީޚްގައި ވެސް ހިނގި އެންމެ ހައިރާން ކުރަނިވި ހާދިސާ އަކަށް ވެފައި ވަނީ އެމްއެޗް 370 ގެއްލުނު ހާދިސާއެވެ. އެފްލައިޓް ހޯދަން މިހާތަނަށް ކުރި މަސައްކަތުން އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެއެވެ. މީގެ ކުރިން ވެސް އެކި ތަޖުރިބާކާރުންނާއި ސައިންސްވެރިން ވެސް ވަނީ އެމްއެޗް 370 އާއި ބެހޭ ގޮތުން ތަފާތު ތިއަރީތައް އުފަން ކުރުވާފައެވެ. ނަމަވެސް އެއްވެސް މީހަކަށް އެމީހެއްގެ ތިއަރީގެ ތެދުކަން ސާބިތު ކޮށްދެވޭ ވަރުގެ އެންމެ އެކަށީގެންވާ ހެކިތަކެއް ދެއްކިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ާބޮޑޭ

    ތިތާކު ނެތޭ މަ ބަލައިފިން

  2. ކައުންސެލަރު

    ބޯގޯސް! ބަލަ ދެން ކަނޑުން އެފެނުނު ސާމާނު އެއީ ކޯޗެއްކަން ބުނެބަލަ

  3. ކުމާރު

    ތިކަމައް ދުނިޔޭގަ ހުރި އެންމެ.މޮޅުމީހަކީ އުގައިލް. ޢޭނަ ކާރި ބުނެބަލަ ފްލައިޓް ހޯދަދޭށޭ. ކުރާނެ ކަމެއް ނެތިގެން އަނގަ އައްޕަތެއް ހެން ހަދައިގެން އިންނާނެ ގޮނޑިގަނޑެއްވެސް އެމްޑީޕީން ނުދީގެން ތާވަޅައެއްހެން މާލޭގަ އެނބުރެނީވިއްޔަ

    • ަސާބަސް

      ފުރަތަމަ ކުމާރު ތީ ކިހާވަރެއްގެ ތާވަޅެއް.؟ އަސަރެއް ކުރާނީ. މި ގައުމުގަ އުގެއިލް ވަރުގެ މޮޅު މީހެއް ނެތް. ކަލޭ ނުވާނެ ހުވަނދަކަށްވެސް. މި ގައުމުގަ ނުހިނގިޔަސް ދުނިޔޭގެ ބޮޑެތި ގައުމުތަކުން އޭނަ ކުރާ މަސަތްކަތް ގަބޫލުކުރޭ.

      • ޖޮއްބެ

        އެހެހެ އެމެރިކާގައި ސައި ކައްކާ ދޭން އުޅެފަ މިގައުމަށް އައިސް ނަމުގެ ކުރިއަށް ދަކްތަރު ލިޔަކަސް އެއީ މާ މޮޅުމީހަކަށް ނުވާނެ. ދެން ކަލޭމެން ގޫކާޓް ބެއްޔާމެނަށް އެ ވަރެއް ނޯންނާނެކަން އެނގޭ.?.

      • ބަކުރު

        ޢަސަރުކުރާތަން ފެންނާނެ ވަރަށް އަވަހަށް... އުގައިލު ގާތުގަ ބުނާތި އެހެން ކަމަކާ އުޅޭށޭ...

      • ދޮނާ

        އުގޭލަކީ ރޮއްޖެއް އެހެހެ

  4. ބިކަ

    ކުމާރު ތިބުނީ ރަނގަޅަށް ހެހެހެ

  5. ބޮއްބޮ

    ކުމާރު އެބުނީ ތެދެއް. އުގައިލު އެ ގެންގުޅޭ ބޮޑުވާ ބިއްލޫރިގަނޑު އަޅާލީމާ ނުފެންނަ ތަނެއް ދުނިޔޭގެ ހަތަރު ބިތުގެ ތެރޭގައި ނޯންނާނެޔޯ.

  6. ފަކީރު ކޮއެ

    ކުޑަ ހުވަދޫ ކާރި ހުރި ފަޅުރައްތައް ނުބަލާ ކެމްބޯޑިއާ ގެ ޖަންގަލި ބެލީ ކީއްކުރަން