އެއާ އިންޑިއާގެ މަތިންދާ ބޯޓެއްގެ ފިޔަގަނޑުގެ ކޮޅު އިމާރާތެއްގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

މި ހާދިސާ ހިންގާފައި ވަނީ ސްވިޑަންގެ ސްޓޮކްހޯމްގެ އާލަންޑާ އެއާޕޯޓުގައެވެ. ފްލައިޓުގެ ފިޔަގަނޑު ޖެހުނީ އެ އެއާޕޯޓުގެ އިމާރާތެއްގައެވެ.

އެއާ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ހާދިސާގައި ބޯޓުގައި ތިބި 179 ޕަސިންޖަރުންގެ ތެރޭން އެކަކަށްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ. ހާދިސާ ހިނގާފައި ވަނީ އިންޓަނޭޝަނަލް ފްލައިޓްތަކުގެ މައި ޓާމިނަލް ކަމަށްވާ ޓާމިނަލް ފަހަކާއި 50 މީޓަރު ދުރުންނެވެ.

މި ހާދިސާ ހިންގުމާއި އެކު ޕަސިންޖަރުން ވަނީ މޯބައިލް ސިޑިތަކުން ބޯޓުން ބާލާފައެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އަދި ސާފު ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެއާ ޓްރެފިކް ކޮންޓްރޯލުން ވަނީ ބޯޓު ފަހަރުގައި ޖެހުނު ކަމަށް ބެލެވޭ ކަމަށް ޕައިލެޓަށް އަންގައިފައެވެ. ޕައިލެޓް ވަނީ ބޯޓުގެ ސިސްޓަމްތައް ރަނގަޅު ކަމަށް ބުނެފައެވެ.

ބޯޓަށް ދިމާވި އެކްސިޑެންޓް އޭވިއޭޝަން ރެގިއުލޭޓާ އަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އެއާ އިންޑިއާ އިން ބުނެފައިވެ އެވެ.

މި ހާދިސާ ހިންގާފައިވާ އިރު، މިދިޔަ މަހު އިންޑިއާގެ ދެކުނުގެ ޓްރިޗީން ދުބާއީއަށް ނައްޓާލި އެއާ އިންޑިއާގެ މަތިންދާ ބޯޓެއް ފާރެއްގައި ޖެހި ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

އިންޑިއާގެ ގައުމީ އެއާލައިނަށް ފަހަކަށް އައިސް ދަނީ މިކަހަލަ ހާދިސާތައް ކުރިމަތި ވަމުންނެވެ. އިންޑިއާގެ ގައުމީ އެއާލައިނަށް ދިމާވާ މިބާވަތުގެ މައްސަލަތަކާ ހެދި އެ އެއާލައިނުގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.

އިންޑިއާގެ ގައުމީ އެއާލައިނަށް 2007 ވަނަ އަހަރުން ފެށިގެން ފައިދާވެފައެއް ނުވެއެވެ. އެއާލައިނުގެ ދަރަނި ފަސް ބިލިއަން ޑޮލަރަށް އަރައެވެ. އެއާލައިންގެ ހިއްސާ ގަންނަ ފަރާތަކުން އެ ދަރަންޏާ ވެސް ހަވާލުވާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު