އޮސްޓުރޭލިއާއަށް އެރި ވެލީގެ ތޫފާން އިތުރަށް ނުރައްކާތެރި ވެއްޖެއެވެ.

އޮސްޓުރޭލިއާގެ މޫސުމާއި ބެހޭ އިދާރާއިން މައުލޫމާތު ދޭގޮތުގައި އެގައުމަށް އެރި މި ތޫފާން "ތަސްމޭނިއާ" ވަރުވެއެވެ. ތޫފާނުގައި މިހާތަނަށް އުމުރުން 14 އަހަރުގެ ކުއްޖަކު މަރުވެފައިވާއިރު ތަފާތު ގިނަ ނުރައްކާތެރި ހާދިސާތަށް ދަނީ ހިންގަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ތޫފާނުގައި އެގައުމުގެ ބައެއް ސަރަހައްދުތަކުގެ މަލަމަތި އެއްކޮށް ފޮރުވި، މީހުންނަށް އެއްވެސް ތަނެއް ވަކިނުވާވަރަށް ވަނީ ރަތް ކުލައަށް ބަދަލުވެފައެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ އެގައުމުގެ ޖައްވު ސާފުވާނެ ކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާތަކުން ވަނީ މައުލޫމާތު ދީފައެވެ.

މި ތޫފާން އެގައުމުގެ ސިޓީއެއް ކަމަށްވާ ކެންބެރާއަށް މިހާރު އަރާފައިވާއިރު އެ ސިޓީ ހުއްޓުމަކަށް މިހާރު ވަނީ އައިސްފައެވެ. ވެހިކަލްތައް ދުއްވަން ނޭނގިގެން މަޑުކުރަން ޖެހި، މަގުތަކުގެ ތޮއްޖެހުން ވަރަށް ބޮޑަށް އިތުރުވިއެވެ.

ވެލީގެ ތޫފާނުގެ ސަބަބުން ކުރިޔަށް އޮތް ދެ ދުވަހުވެސް އެގައުމަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ އިދާރާއިން ވަނީ އާންމުން ސަމާލުވުމަށް އިންޒާރު ދީފައިވެއެވެ.

މިއީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައިވެސް އެގައުމަށް އެރި މިފަދަ އެންމެ ގެއްލުން ބޮޑު ތޫފާނަށް ވެދާނެ ކަމަށް ލަފާކުރެވޭއިރު އޮސްޓްރޭލިއާ އަށް މީގެ ކުރިން ވެސް ދޭތެރެ ދޭތެރެއިން މިފަދަ ތޫފާންތައް އަރައެވެ. އެގޮތުން މިފަދަ ތޫފާނެއް 2009 ވަނަ އަހަރު އެގައުމަށް ވަނީ އަރާފައެވެ. އެގައުމުގެ ބައެއް ސަރަހައްދުތަކުގައި ހަނަފަސްކަން އިތުރުވާތީ އެގައުމުން މިހާރު ވަނީ ގަސް އިންދުމުގެ ބޮޑު މަޝްރޫޢު އެއްވެސް ފަށާފައެވެ. އެމަޝްރޫޢުގެ ދަށުން ހަނަފަސް ސަހަރާތަކުގައި އެތައް މިލިއަން ގަހެއް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު