ޓެކްނޮލޮޖީގެ ރޮނގުން ޗައިނާ ދަނީ ހަލުވި މިނެއްގައި ކުރި އަރަމުންނެވެ. އާއްމުންނަށް ފައިދާ ހުރި އެތައް ކަމެއް ތަރައްޤީކޮށް ކުރިއެރުވުމަށް އެޤައުމުން ދަނީ ޓެކްނޮލޮޖީގެ ބޭނުން، ނުހަނު ހެޔޮ ގޮތުގައި ހިފަމުންނެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ޗައިނާ އިން ދަނީ ކަނޑު އަޑިން ރޭލު ދަތުރު ކުރެވޭފަދަ ނިޒާމެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެޤައުމުން މަސައްކަތް ކުރަމުންދަނީ ކަނޑު އަޑިން، ހައި ސްޕީޑު ރޭލުގެ ޚިދުމަތް ދިނުމަށެވެ.

ޗައިނާގެ ނިންގްބޯ ސިޓީ އިން ޒޫޝާން ސިޓީ އާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ މި ރޭލުގެ ނިޒާމު ތަރައްޤީ ކުރުމުގެ ކުރިން ކުރަން ޖެހޭ ފީސިބިލިޓީ ޓެސްޓުވެސް މިހާރުވަނީ ހަދާ ނިމިފައެވެ. އަދި، މި ޓެސްޓަށް ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަވެސް ވަނީ ލިބިފައެވެ.

މި މަޝްރޫޢު ކާމިޔާބު ކަމާއެކު ނިންމާލެވުމުން ގަޑިއަކު 250 ކިލޯމީޓަރު ބާރުމިނުގައި ދުވާ ރޭލުގެ ޚިދުމަތް ކަނޑުގެ އަޑިން ދެވޭނެއެވެ. މިކަމުގެ ސަބަބުން މި ދެ ސިޓީގެ މެދުގައި ކުރާ ދަތުރުތަކަށް ހޭދަވާ ވަގުތު އެތައް ތަނެއް އަވަސް ވެގެންދާނެއެވެ. ހަމައެހެންމެ، މިކަމުގެ ސަބަބުން މި ސަރަޙައްދުތަކުގެ ފަތުރުވެރިކަމަށްވެސް މިކަމުން ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މި ދޭތެރޭގައި އަޅާ ރޭލްވޭ ނިޒާމުގައި ހަތް ރޭލްވޭ ސްޓޭޝަން އެކުލެވޭނެއެވެ.

ކަނޑުއަޑީގައި ބާރު ސްޕީޑްގައި ރޭލް ދުއްވަން ފެށުމަކީ ދުނިޔޭގެ ދަތުފަތުރު ކުރުމުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޒަވިޔަނި

    ޗައިނާއާ ޔާމީނަ އެކު ތިބިނަމަ ރާއްޖެއަށްވެސް މި ތަރައްޤީ އައިސް ކަންނޭގެ. ދެން އެކަމަކު އުޅެން ޖެހޭނީ އިންޑިއާގެ މުޞީބާތުން ސަލާމަތް ނުވެގެން. ތަރައްޤީގެ ވާހަކަ ދެއްކޭނީވެސް އޭގެ ފަހުން.

  2. އުފާވެރި

    ޗައިނާ އިން ރާއްޖޭގެ ހުރިހާ ތަނަކަށް ދާން ކަޑު އަޑީގައި މި ޚިދުމަތް ފަށަންވީނު ރާއްޖެއަށް މި ޚިދުމަތް ވ ބޭުން އައި ލަވް ޗައިނާ.. ،މި އިންޑިއާށް ވުރެ ހާސްބައި ރަގަޅު

  3. Miadhu

    މިއީ ރާއްޖެއަށް ވ މުހިއްމު އަދި ރާއްޖޭގައިހިންގިދާނެ މަސްރޫއެއް މިއަދުގެ ސަރުކާރުން އިންޑިޔާއާއި ދުރައްޖެހިލާ ޗައިނާ އާއިއެކު މި މަސްރޫޢު ކުރިއަށް ގެންދަންވީނު ފުރަތަމަ ޅ ނައިފަރާއި ހިންނަވަރު ގުޅުވާލުމަށްފަހު ކުރެންދޫ އަދި އޮޅުވެލިފުށި

  4. ގެރި

    ރޭޕިސްތާނުގަ މި އަހަރު ހިންގި ހަމަ އެކަނި ޕްރޮޖެކްޓަކީ ބޮޑު ބުދެއް އަވަށްގަނޑެއްގެ މެދުގައި ބެހެއްޓުން.

  5. ޢަލީ

    ތީ ރާއްޖެއަށް ވަރަށް ރަނގަޅު ޚިދުމަތަކަށްވާނެ، ޔާނުހުރިނަމަ ތިކަންކުރީސް، ދެންނެތް ކަމެއްވާނެމީހެއް. ހައްތާވެސް ޕްލޭނިންގައޭ އުޅެނީ، ހަވާލުވެގެން 15 ދުވަސް ވެއްޖެ. ހޮވިގެން ދެމަސްވީއިރުވެސް ވީކަމެއްނެތް، އަދި ވެރިކަމަށް އަންނަން 5 އަހަރުކުރިން މަސައްކަތް ފަށައިފި، އަދިވެސް ޕްލޭނިންގަ. މި 5 އަހަރު ނިމޭއިރުވެސް ޕްލޭނިންގަ އުޅޭނީ ދެން ބުނާނެ އަދި 5 އަހަރު ބޭނުމޭ.