މަޝްހޫރު ސައިންސްވެރިޔާ ސްޓީވެން ހޯކިންސް އުމުރުން 76 އަހަރުގައި އަވަހާރަވެއްޖެއެވެ.

ހޯކިންސްގެ އާއިލާ އިން ނެރުއްވި ބަޔާނެއްގައި ވަނީ އޭނާ އަވަހާރަވެއްޖެ ކަން ކަށަވަރު ކޮށްދީފައެވެ. ހޯކިންސް އަވަހާރަވީ ކޭމްބްރިޖްގައި ހުންނަ ގޭގައެވެ.

ހޯކިންސްގެ ތިން ބޭފުޅުން ކަމަށްވާ ލޫސީ، ރޮބަޓް އަދި ޓިމް ނެރުއްވި ބަޔާނުގައި ވިދާޅުވީ އެބޭފުޅުންގެ ބައްޕަ މިއަދު އަވަހާރަވެފައިވާ ކަމަށެވެ.

ހޯކިންސް އަކީ ހިތްވަރުގަދަ، ކުޅަދާނެ ބޭފުޅެއްކަން ފާހަގަކުރައްވަމުން ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާ އަކީ ދުނިޔޭގެ އެތައް މިލިއަން މީހުންނަށް ހިތްވަރު ގެނެސްދެއްވި ބޭފުޅެއް ކަމަށެވެ.

ހޯކިންސް އަވަހާރަވީ ކީއްވެ ކަމެއް ބަޔާނުގައި ވިދާޅުވެފައެއް ނުވެއެވެ.

ނާރުތަކަށް ޖެހޭ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަން އުމުރުން 21 އަހަރުގައި ހޯކިންސް އަށް އެނގިވަޑައިގެންނެވިއެވެ. ޑޮކްޓަރުން އޭރު ވިދާޅުވީ އޭނާ ދުނިޔޭގައި ހުންނާނީ ދެއަހަރެއްހައި ދުވަހު ކަމަށެވެ. ނަމަވެސް ޑޮކްޓަރު ހީކުރި ގޮތާއި ހިލާފަށް އޭގެ ފަހުން ވެސް ބައި ގަރުނަށް ވުރެ ގިނަ ދުވަހު ހޯކިންސް ދުނިޔޭގައި އުޅުއްވައިފިއެވެ.

ފުރޮޅުލީ ގޮނޑިއެއްގައި އިންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް އޭނާ ފިޒިކްސް އާއި ހިސާބު އިލްމުގައި ހައްދަވާފައިވާ ދިރާސާތަކަކީ ފަހުގެ ތާރީޚްގައި އެންމެ ފާހަގަ ކޮށްލެވޭ ދިރާސާތައް ކަމުގައި ވަނީ ވެފައެވެ. އެދިރާސާތަކުގެ ބޭނުން ކުރިއަށް އޮތް ޒަމާންތަކުގައި ވެސް ސައިންސްވެރިންނާއި، ކިޔަވާ ކުދިން ހިފަމުން ގެންދާނެއެވެ.

ހޯކިންސް އަވަހާރަވުމާއި ގުޅިގެން ވަރަށް ގިނަ ސައިންސްވެރިންނާއި ސިޔާސީ ލީޑަރުންނާއި އާންމުން ގެންދަވަނީ ހިތާމާފާޅުކުރައްވާ ބަޔާންތައް ނެރުއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މިނިވަން

    މަރުވަުމަކީ ވަކި މީހަކަށް އޮތް ކަމެއްނޫން، ކިތަންމެ މޮޅު މީހެއްކަމުގައިވިޔަސް ވަޤޫތު ޖެހުމުން ކުރާނެ ކަމެއްނޯންނާނެ.

  2. ސޭޑް

    ވަރަށް ހިތާމަވެރި ޙަބަރެއް ):

  3. ޞިލާހު

    މީހާ ކިތައްމެ މޮޅު ސައިންސުވެރިއަކަށް ވިޔަސް މަރުން ސަލާމަތް ނުވާނެ... ހިތާމައަކީ ކިތައްމެ މޮޅަސް ކާފަރެއްގެ ގޮތުގައި މަރުވެގެންދިޔައީމަ... ﷲ ހިދާޔަތް ދެކެވި މީހަކަށް މެނުވީ ހިދާޔަތް ދައްކަވާނެ އެކަކުވެސް ނުވޭ... މިހާރު އޭނާ ދޮގުކުރި ކަންކަން އޭނާއަށް ފެންނާނެ

    • ނުރަބޯ

      ނުފެންނާނެ ކަލެއަށް ތި ކަމެއް ފެންނާނީ. އެވެސް ހުވަފެނުން

      • އަސްލު

        އިންކާރުކުރި ކޮންމެމީހަކަށް ވެސް ފެންނާނެ. އޭނައަށްވެސް ފެންނާނެ އަދި ނުރަބޮލަށް ވެސް ފެންނާނެ....ހުވަފެނަކުން ނޫން ހަމަލޮލަށް ފެންނާނެ.މީހުންގެ ދުލަށް ދަމަން އުޅޭމީހެއް މީ.

      • ޞިލާހު

        ނުރަބޯ ކަލޭ ކިތައްމެ ވަރަކަށް އެކަމާ ރެކެން ބިރުން ތިހެން ކިޔަސް...އެއީ ޙަޤީޤަތް ކަލޭވެސް ތިހެން އުޅެންޏާ ސަލާމަތެއް ނުވާނެ... ކަލޭ ހުރޭތިހެން ކިޔަން މަރުވީމަ ކަލޭ ހިތަށް އަރާނެ ސަހަރޯއޭ!

      • ވިސްނާ

        ތިބާގެ އެއްމެ ގުނަވަނެއްވެސް، ކީއްކުރަންތޯ ތިބާގެ ގައިގެ ޒައްރެއްވެސް ތިބާ އަމިއްލައަށް ނުހެނެވޭނެއެވެ..ވިސްނާ.ފިކުރު ކުރާށެވެ. ޢޭރު ތިބާއަށްވެސް ހިދާޔަތް ލިބޭނެއެވެ. ގަނޫލު ކުރާނެއެވެ.

    • ވަޓްއިފް

      ކިހިނެއް އެނގެނީ މަރުވީ ކާފަރެއްގެ ގޮތުގައި ކަމެއް. ހަމަ އީމާންވެގެން ވަންހަނާކޮއްގެންވެސް ހުރެދާނެއެއްނުން. ނޫނީ މަރުވުމުގެ ކުޑަވަގުތުކޮޅެއް ކުރިންވެސް އީމާންވެފަ ވެދާނެއެއެއްނުން.

      • ޢައިޝާ

        ބަލަ މުޅި ދުނިޔެއަށް އެނގޭ!!!އޭނަ ކަލަކު ވޮޑިގެން ވާކަމަށް ގަބޫލެއް ނުކުރޭ!!

  4. ދީން އަހްމަދު

    ކަލަކު ވޮޑިގެން ވާކަމަށް ގަބޫލުނުކުރާމީހެއް

    • ބަކަރި

      އެކަމުވެސް ކަލޭއަށްވުރެ ހާސްބައި ރަނގަޅު

  5. ޖަނަރަލް ކާއްޓޭ

    އަޅެ މިމީހަކުފެންނައިރަށް ހިތަށް އެރީ މަރުވެގެން ވަޅުލާނެ ތަނެއް ނުލިބިގެން ބައިންދާފަ އިންހެން.. ދުނިޔޭގައި ހުއްޓަސް ހަމަ ނެތްފަދަ..

  6. މުއްލާ

    މަކުނު ދަރިންނަށް ކިހިނެއްތަ މިވަނީ މީނަ މަރުވީމަ...
    މަރު އައީމަ ކަލޭމެންވެސް ފިލަންދާނެ ތަނެއް ނޯންނާނެ ދެއްކޭނެ ބާރެއްވެސް ނޯންނާނެ... ތަޢުލީމީ އެވާރޑުތަކުން ވާނެކަމެއްވެސް ހަމަ ނޯންނާނެ

  7. ނުރަބޯ

    ކޮމެންޓްކުރި ހުރިހާ ކުދިން ކައިރީ ވަރަށް މަޢާފާ އެކު ބުނަން، މީގައި ނުރަބޮލުގެ ނަމުގައި ކޮމެންޓް ކޮށްފައިވަނީ އަސްލު ނުރަބޮލެއް ނޫން. އެއީ ރީނދޫ ލާދީނީ މުނާފިގެއް.

  8. ޗަކޮއެ

    ކާފަރެއް ވީމަތަ އަވަހާރަވީ އޭ ތިލިޔަނީ