ބާރުގަދަ ބިންހެލުން އައި ސަރަހައްދު ދައްކުވައިދޭ ފޮޓޯއެއް
ބާރުގަދަ ބިންހެލުން އައި ސަރަހައްދު ދައްކުވައިދޭ ފޮޓޯއެއް

00:10

ސުނާމީ އަރާފާނެކަމަށް ނެރުނު އިންޒާރު އުވާލައިފި. ސުނާމީއެއް އެރުމުގެ ފުރުސަތު މިހާރު ނެތް ކަމަށް ރިޕޯޓްތައް ބުނޭ.

23:52

އަދިވެސް އަލަސްކާ އަށް ލޮޅުންތައް އަންނަމުން އެބަދޭ. ދެންމެ ވެސް އިތުރު ލޮޅުމެއް އަތުވެއްޖެ. އެލޮޅުން އައީ 5.3 މެގްނެޓިއުޑްގައި.

23:47

ބިންހެލުމުގެ ސަބަބުން އަލަސްކާގެ ޓީވީ ޗެނަލްއެއް ކަމަށްވާ ކޭޓީވީއޭގެ އިމާރާތުގެ އެތެރެއަށް ވަނީ ގެއްލުންތަކެއް ލިބިފައި.

23:43

ބިންހެލުން އައިކަމަށް ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ފުރަތަމަ ބުނެފައި ވަނީ 6.6 މެގްނެޓިއުޑް ނަމަވެސް މިހާރު އެއިދާރާ އިން ވަނީ ބިންހެލުމުގެ ބާރުމިން 7.0 މެގްނެޓިއުޑް އަށް މައްޗަށް ޖައްސާފައި.

23:41

23:40

ބާރުގަދަ ބިންހެލުމުގެ ސަބަބުން މިހާތަނަށް އަލަސްކާއަށް ހަތަރު ލޮޅުން އަރާފައިވޭ.

23:39

ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރު އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ދީފައިވީނަމަވެސް ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ބުނެފައި ވަނީ ލިބިފައި ހުރި މައުލޫމާތައް ބަލާއިރު ގެއްލުން ބޮޑު ސުނާމީއެއް އެރުމުގެ ފުރުސަތު ނެތް ކަމަށް. ނަމަވެސް އެމެރިކާގެ ފެޑްރަލް އެމެޖެންސީ މެނޭޖްމަންޓް އެޖެންސީ އިން ބުނީ ސުނާމީ އެއް އެރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އުސްތަންތަނުގައި މަޑުމައިތިރިކަމާއި އެކު ތިބުމަށް އެދޭކަމަށް.

23:26

23:23

ބާރުގަދަ ބިންހެލުން އައި ސަރަހައްދު ދައްކުވައިދޭ ފޮޓޯއެއް
ބާރުގަދަ ބިންހެލުން އައި ސަރަހައްދު ދައްކުވައިދޭ ފޮޓޯއެއް

23:21

ރިޕޯޓްތައް ބުނާގޮތުގައި ބިންހެލުން އައި ސަރަހައްދުން މުއާސަލާތީ ޚިދުމަތް ވަނީ މެދުކެނޑިފައި.

23:18

އަލަސްކާއަށް 7.0 މެގްނެޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ. މިބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރާފާނެކަމުގެ އިންޒާރު މިހާރު ވަނީ ދީފައި ކަމަށް "ސީއެންއެން" އިން ބުނޭ.

23:05

ބިންހެލުމުގެ ސަބަބުން ތެޔޮ ހޮޅިތަކާއި ގޭސް ހޮޅިތަކަށް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުން އަންނަ ކަމަށް ބީއެސް އެންޑް ގޭސް ކޮމިޝަނުން ދެންމެ ވަނީ ބުނެފައި.

22:54

ކެނެޑާގެ ޖިއޮލޮޖިކަލް ސާވޭގެ ތަޖުރިބާކާރެއް ކަމަށްވާ ހޮން ކާއޯ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭ އަލަސްކާ އަށް އައި ބިންހެލުންތަކުގެ ސަބަބުން މާބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް މިއީ އަލަސްކާ އަށް ބާރުގަދަ ބިންހެލުމެއް އަންނަން އުޅޭ ކަމުގެ އަލާމާތެއް ކަމަށް.

22:50

22:49

އަލަސްކާ އަށް 5.8 މެގްނެޓިއުޑްގައި އިތުރު ބިންހެލުމެއް އަތުވެއްޖެ.

އެމެރިކާގެ އަލަސްކާގެ ދެކުނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި ބިންހެލުމުގެ ބާރުމިން ރެކޯޑް ކުރެވިފައި ވަނީ 6.7 މެގްނެޓިއުޑްގައެވެ.

ބިންހެލުމުގެ ސަބަބުން ގިނަ އިމާރާތްތަކަކަށް ލޮޅުން އަރާ ބައެއް މީހުންނަށް އަނިޔާވިކަމުގެ ރިޕޯޓްތައް ދަނީ ލިބެމުންނެވެ.

ފުރަތަމަ ބިންހެލުމަށް ފަހު އަލަސްކާ އަށް މިރޭ ވަނީ އިތުރު ލޮޅުންތަކެއް ވެސް އަރާފައެވެ. އޭގެތެރެއިން އެއްލޮޅުމުގެ ބާރުމިން 5.8 މެގްނެޓިއުޑްގައި ރެކޯޑް ކުރެވުނެވެ.

ކެނެޑާގެ ޖިއޮލޮޖިކަލް ސާވޭގެ ތަޖުރިބާކާރެއް ކަމަށްވާ ހޮން ކާއޯ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭ އަލަސްކާ އަށް އައި ބިންހެލުންތަކުގެ ސަބަބުން މާބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް މިއީ އަލަސްކާ އަށް ބާރުގަދަ ބިންހެލުމެއް އަންނަން އުޅޭ ކަމުގެ އަލާމާތެއް ކަމަށެވެ.

ބިންހެލުމުގެ ސަބަބުން ތެޔޮ ހޮޅިތަކާއި ގޭސް ހޮޅިތަކަށް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުން އަންނަ ކަމަށް ބީއެސް އެންޑް ގޭސް ކޮމިޝަނުން ދެންމެ ވަނީ ބުނެފައެވެ.

އަލަސްކާގެ ސަރަހައްދީ ސަރުކާރުން ބުނީ ބިންހެލުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލް ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާލަސްވެއްޖެ މިހާރު ..
    އެއީ ކުފްރުގެ ބިމެއް ...

  2. އަދިވެސް ދުނިޔޭގަ ތަނެއްގަ މުސްލިމަކުހުރިއްޔާ އެތަނެއްފަސާދަ ކޮށް ޓެރަރިސްޓުންގެ ލޭބަލްޖަހާ ޕްރޮޕެގެންޑާ ފަތުރަމުން ހޭބަލިވެގެންތެޅޭ
    ތީދުނިޔޭގެ ސުޕަރޕަވާރ އެއްނު.

  3. އަދިވެސް ޖީންސްލުން މަނާނުކުރޭ. ދެން ކޮން ވާހަކައެއް