އިންސާނީ ތާރީޚު މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ބަލި ކަމަށްވާ، އެއިޑްސް ބަލި ޖެހިފައިވާ މީހުންގެ ޢަދަދު ލަންކާގައި އިތުރުވަމުންދާކަން ހާމަކޮށް އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅިގެން ލަންކާގެ ސިއްޙީ އިދާރާތަކުން އާންމުކޮށްފައިވާ މަޢުލޫމާތުން އެނގިފައިވާގޮތުގައިިި، ފާއިތުވެދިިޔަ ދުވަސްތަކުގައި އެޤައުމުގައި، އެއިޑްސް ބައްޔަށް މެދުވެރިކުރާ ނުރައްކާތެރި އެޗްއައިވީ ވައިރަސް ދަނީ ހަލުވިކަމާއި އެކު ފެތުރެމުންނެވެ. އެގޮތުން މި ވައިރަސްގެ ޝިކާރައަކަށް އެންމެ ބޮޑަށް ވެފައި ވަނީ އެޤައުމުގެ ފިރިހެނުން ކަމަށް ވެސް އިދާރާތަކުން ބުނެފައި ވެއެވެ.

ލަންކާއިން އެންމެ ފުރަތަމަ އެއިޑްސް ބަލިފެނިފައި ވަނީ، 1981 ވަނަ އަހަރުގެ ތެރޭގައެވެ. އެޤައުމުގައި މީހަކަށް މި ބަލި ޖެހިގެން ފުރަތަމަ ފަހަރަށް ރެކޯޑު ކުރެވިފައި ވަނީ 1987 ގައެވެ. އެއަށްފަހު އެޤައުމުގައި އެއިޑްސް ޖެހިފައިވާ މީހުންގެ ޢަދަދު އަހަރަކަށް ފަހު އަހަރެއް އިތުރުވަމުންދާ ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.

ލަންކާގެ ނޭޝަނަލް ސެކްޝުއަީ ޓްރާންސްމިޓެޑް ޑިޒީޒަސް އެންޑް އެއިޑްސް ކޮންޓްރޯލް ޕްރޮގްރާމުގެ ޑިރެކްޓަރ، ޑރ. ސިސީރާ ލިޔަނަގެ ބުނެފައިވާގޮތުގައި، މިއަހަރު އެކަނިވެސް އެޤައުމުގައި 275 މީހަކު އެއިޑްސް ބައްޔަށް ޕޮސިޓިވްވެގެން ރިޕޯޓުކުރެވިފައި ވާކަމަށެވެ.

އެޗްއައިވީ މެދުވެރިވެގެން ޖެހޭ އެއިޑްސް ބައްޔަކީ، އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ބާރު އެވައިރަސްގެ ސަބަބުން ދަށްކޮށް، ނައްތާލާ ވައިރަސް އެކެވެ. މިކަމުގެ ސަބަބުން ނުރައްކާތެރި ޖަރާސީމަށް ހަށިގަނޑުގެތެރެއަށް ފެތުރިގަތުމަށް މަގުފަހިވެ ނުރައްކާތެރި އެހެން ބަލިތަކަށް ދޮރުހުޅުވާލައެވެ. އެއިޑްސް ބައްޔަކީ މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ބައްޔެކެވެ.

އަވައްޓެރި ސްރީލަންކާއަކީ އެކި ބޭނުންތަކުގައި ގިނަ ޢަދަދެއްގެ ދިވެހިން ދަތުރުކޮށް އުޅޭ ޤައުމެކެވެ. އެޤައުމަކީ އެތައް ހާސް ދިވެހިންނެއް ދިރިއުޅެމުންދާ ޤައުމެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޟީތަލަ ހަންނާން

    ދިވެހި ރާއްޖޭގައި އުޅޭ ހުރިހާ ލަންކާ މީހުން އަވަހައް ރާއްޖެއިން ބޭރުކުރަން ފެނޭ، އަންހެނެއް ފިރިހެނެއް ބަލާނެ ކަމެއްނެތް

  2. ކޮންމެ ބައްޔަކަށްވެސް ޝިފާ މާތްﷲ ވަނީ ބާއްވާލައްވަވާފަ

  3. "އަވައްޓެރި ސްރީލަންކާއަކީ އެކި ބޭނުންތަކުގައި ގިނަ ޢަދަދެއްގެ ދިވެހިން ދަތުރުކޮށް އުޅޭ ޤައުމެކެވެ. އެޤައުމަކީ އެތައް ހާސް ދިވެހިންނެއް ދިރިއުޅެމުންދާ ޤައުމެއްކަންވެސް ފާހަގަކޮށްލެވެއެވެ." މިއީ ގައިން ގަޔަށް އަރާ ބައްޔަކަށް ނުވާއިރު މިފަދަގޮތަކަށް އިބާރާތްކުރުމުން ސުވާލު އުފެދެނީ އެހެންކަމަކަށް. ދިވެހިން ލަންކާއަށް ދަނީ ޒިނޭކުރުމަށްބާއޭ. ނުވަތަ ދިވެހިންގެ ތެރެއިން ގިނަމީހުން ދަނީ އެކަމުގަބާއޭ. އެހެންކަމުގައިވާނަމަ މިއީ ނުރައްކާތެރިކަމެއް.

    • ބޯގޯސް ތިޔަބުނީ ރަނގަޅުވާހަކައެއް. އަހަރެން ދަންނަ އެތަށް ފިރިހެނުންނެއް ލައްކާއަށް އެބަދޭ ޖުވާކުޅެލާ ހަށިވިއްކާ އަންހެނުންކައިރިއަށް އެބޭނުންތަކުގައި ޚަރަދުކޮށްފައި. ސުވާލަކީ ލަންކާގައި އެއިޑްސް އިތުރުވާނަމަ އަނބިންނާ ވަގަށް މިދާ ފިރިހެނުން އެއިގެން އެއިޑްސް ޖެހިފައިހުރި އަންހެނަކާއެކު ޒިނޭކުރުމަށްފަހު ރާއްޖެ އައިސް އޭނަގެ އަނބިމީހާއާއި ގުޅުން ހިންގުމުން އެއިޑްސް އެޖެހުނީ އޭނަގެ އަނބިމީހާއަށް. އެހެންކަމުގައިވާނަމަ މީ ނުރައްކާތެރިކަމެއް. އޭގެފަހުން ލިބޭ ދަރިންނަށްވެސް އެބަ ޖެހޭ މިބަލި. މިއީ ތިމާ ހަލާލު އަނބިމީހާ ހުއްޓާ ހަށިވިއްކާތަންތަނަށްގޮސް ހިލޭ އަންހެނުންނާއިއެކު ޒިނޭކުރުމުގެ ކުރިން، ދަރިންނާއި އަނބިމީހާ ދެކެ ލޯބިވާ ކޮންމެ ފިރިހެނަކު ވިސްނާލުން ރަނގަޅުކަމެއް.