މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް ދިން އަނިޔާތައް އިތުރުވުމުގެ ފަހަތުގައި ފޭސްބުކުން އިސް ދައުރެއް އަދާކުރިކަމަށް، އެކަން ތަޙުޤީޤު ކުރަމުންދާ އދ.ގެ ޓީމުން ބުނެފިއެވެ.

ރޮހިންޖާގެ މުސްލިމުންނާ ދެކޮޅަށް ހިންގި ޤަތުލްއާންމު އިތުރަށް ވަރުގަދަވެ، ބުޑިސްޓުންގެ މެދުގައި މުސްލިމުންނާ މެދު ނަފުރަތު އުފައްދަމުން ދިޔައީ ފޭސްބުކު މެދުވެރިކޮށް ފެތުރި މެސެޖުތަކުގެ ސަބަބުންކަމަށް އެޓީމުން ބުނެފައިވެއެވެ. އަދި، މިކަމުގެ ސާފު ހެކިތައް ލިބިފައިވާކަމަށްވެސް ބުނެފައިވެއެވެ.

އދ.ގެ ފަރާތުން ވާހަކަ ދެއްކެވި ޔަންގީ ލީ ވިދާޅުވެފައިވާ ގޮތުގައި މިޔަންމާގައި ފޭސްބުކަކީ ޒާތީ، މަދަނީ އަދި ރަސްމީ ވަސީލަތެއްކަމަށެވެ. އަދި، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތަކީ އެއީކަމަށްވެސް ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ، ބުޑިސްޓުންގެ އަމިއްލަ ފޭސްބުކް ހޭންޑަލް ތަކެއް ހުންނައިރު، އެފަރާތްތަކުންވެސް ހަރަކާތްތައް ހިންގާ، "ހޭޓް ސްޕީޗް" ފެތުރުމަށް ބޭނުންކުރަނީ ފޭސްބުކްކަމަށް އދ. އިން ބުނެއެވެ.

މިކަމާ ގުޅިގެން "ބީބީސީ" އަށް މައުލޫމާތު ދެމުން ފޭސްބުކުގެ އޮފިޝަލެއް ބުނެފައިވަނީ ފޭސްބުކުގައި ވަކި ބަޔަކަށް އަމާޒުކޮށް ލިޔާ ލިޔުންތަކަށް ފުރުޞަތު ނޯންނާނެކަމަށާއި މިކަންކަން ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގައި އެފަރާތުން ބަލަމުން އަންނަކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުޙަައްމަދު

    ފޭސްބުކުގައި "ވަކި" ބަޔަކަށް އަމާޒުކޮށް ނުލިޔެވުނަސް މުސްލިމުންނަށް އަމާޒުކޮށް، އިސްލާމްދީނަށް އަމާޒުކޮށް ކޮންމެ އެއްޗެއްވެސް ލިޔެވޭ. މިއީ ހަގީގަތް

    • މުހައްމާ

      މަވެސްތިކަމަށް އެއްބަސް

  2. މަލިކައްޑޫ

    ފޭސްބުކުގެ އޮފިޝަލެއް ބުނެފައިވަނީ ފޭސްބުކުގައި ވަކި ބަޔަކަށް އަމާޒުކޮށް ލިޔާ ލިޔުންތަކަށް ފުރުޞަތު ނޯންނާނެކަމަށާއި މިކަންކަން ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގައި އެފަރާތުން ބަލަމުން އަންނަކަމަށެވެ.

    މިއީ މުސްލިމުން ކަމަށް ވާތީ ދިމާވާ ގޮތް، މަރާ ހުސްކޮއްފަ، އެތަންތާ ދަނޑުތައް ހައްދާ، ދެންވެސް ކުރަން ހުރި ކަންތައް ކޮށް ނިމުނީމާ، "ވަރަށް ސީރިއަސް ކޮށް ބަލާނެ" ބޮސްނިއާ، ކޮސޯވޯ ދަ ވެސް މިގޮތަށް ދިމާވީ،
    އަނިޔާ ލިބޭ ފަރާތަކީ މުސްލިމުން ކަމަށް ވީމާ ދުނިޔޭގަ ދައުރަކީ ހަމަ އެކަނި މަންޒަރު ބަލާލުން.

  3. ނުރަބޯ

    ދެމަފިރިން ދުރުކުރަންވެސް އެވަރެއްނެތް. ހަހަހަ.