އިންޑޮނޭޝިޔާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ބިންހެލުންތަކާއި ސުނާމީތަކާ ބެހޭ އެމެރިކާގެ އިދާރާ، ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ރެކްޓަ މިންގަނޑުން 6.3 ބާރުމިނުގައެވެ.

ޖިއޮލޮޖިކަލް ސާވޭ އިން އިތުރަށް ހާމަކޮށްފައިވާ ގޮތުން މި ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިޔާގެ ސައުމްލަކީގެ ހުޅަނގުން ހުޅަނގު އުތުރު ސަރަޙައްދުގެ 293 ކިލޯމީޓަރު ދުރަށެވެ. ބިންހެލުން އައިސްފައިވާ ގަޑިއެއްކަމަށް ރިކޯޑު ކުރެވިފައިވަނީ ކޯޑިނޭޓެޑް ޔުނިވާސަލް ޓައިމް (ޔޫޓީސީ) އިން މިއަދު 13:71 ގައެވެ.

އެހެންނަމަވެސް، މި ބިންހެލުމުގެ ސަބަބުން އެއްވެސް ތަނަކަށް ނުވަތަ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައި ނުވެއެވެ.

އިންޑޮނޭޝިޔާ އަށް މިއަދު ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު އެމެރިކާގެ އަލަސްކާ އަށް ރޭ ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. އެބިންހެލުމުގެ ސަބަބުން ގިނަ ގެއްލުންތަކެއްވެސް ލިބުނުއިރު، ސުނާމީގެ އިންޒާރުވެސް ނެރުނެވެ. އޭގެފަހުންވެސް އަލަސްކާ އަށް ވަނީ 130 އަށް ވުރެ ގިނަ ބިންހެލުންތައް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު