ބަޣާވާތެއް ކޮށްފާނެތީ ސައުދީ ސިފައިން ކުށްލިހާލަތަށް ގެނެސްފިއެވެ.

ސައުދީގެ ސިފައިން ކުއްލި ހާލަތަށް ގެންދެވީ އެގައުމެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެވެ. ސައުދީގެ ގިނައަދަދެއްގެ ސިފައިން މިހާރުވަނީ ރިޔާދުގެ އިރާއި ހުޅަނގުގެ ސަރަހައްދު ތަކަށް ޖަމާކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތަށް ބުނާގޮތުން ސައުދީ ސިފައިން ކުށްލި ހާލަތަށް ގެނެސްފައި މިވަނީ ސައުދީ ޝާހީ އާއިލާގެ ބަޔަކު ވަލީއަހުދުގެ މަގާމުން ދުރު ކުރަން ބަޣާވާތެއް ރާވަމުންދާކަމުގެ އަޑުތައް ފެތުރެން ފެށުމުންނެވެ.

ވަލީއަހުދު މިއެޅުއްވި ފިޔަވަޅަކީ ބަޣާވާތުން ރައްކާތެރިވުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް އަރަބި މީޑިއާތަކުން ބުނެއެވެ. ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިހާރު ގެންދަވަނީ ޖީ 20 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އާޖެންޓީނާއަށް ދަތުރުފުޅެއް ކުރަމުންނެވެ.

ވަލީއަހްދު މުހައްމަދު އާޖެންޓީނާއަށް ކުރައްވާ ދެދުވަހުގެ ދަތުރުފުޅުގައި ޖީ20 ސަމިޓްގައި ބައިވެރިވަޑައިގެންނެވުމުގެ އިތުރުން ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ ވެރިންނާއި ވަކިވަކިން ބައްދަލު ކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ.

ތުރުކީގައި ވަރަށް އަނިޔާވެރިކޮށް މަރާލައިފައިވާ ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ ފަހަތުގައި އެންމެ އިސްކޮށް ހުރީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ތުހުމަތު ކުރެވޭއިރު G 20 ސަމިޓުގެ ތެރެއިން ވަލީއަހުދު މުހައްމަދު ބިން ސަލްމާން ހައްޔަރު ކޮއްފާނެ ކަމުގެ އަޑުތައް ވެސް ވަނީ މީގެ ކުރިން ފެތުރިފައެވެ.

ބައެއް ގައުމުތަކުގެ ވެރިން ބައްދަލުވުންތަކަށް ގައުމުތަކަށް ވަޑައިގަތުމުން އެބޭފުޅުން ހައްޔަރުކުރަން ޖަމިއްޔާތަކުން ކޯޓަށް މައްސަލަ ވައްދާފައި ވެއެވެ. ނަމަވެސް މިފަދަ މައްސަލަތައް ކާމިޔާބު ކުރުމަކީ ކުރެވޭ ކަމަކަށް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖިންނި

    ވަލީ ޢަހްދް މުޙައްމަދް އަކާއި ނުކުޅެވޭނެ ހަނދާން ނައްތާލާ މުޅިދުނިޔެ ވަނީ އޭނާގެ މުށުތެރޭގަ - ވ ސަލާމް -

    • Anonymous

      ޖައްބާރުަންތަ ރަސްކަލާގެ އާލުއްސައުދުގެ ބާރު ނެތިކުރައްވާނެ