ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ގައި ދުނިޔެއާއި އެންމެ ގާތުގައިވާ ގުރަހަ (ޕްލެނެޓް) ކަމުގައިވާ މިއްރީޚު (މާސް) އިން ގޮތް ނޭގޭ އެއްޗެއް ފެނިއްޖެއެވެ.

ވަރަށް ގަދައަށް ވިދާ އެއްޗެއް މާސްގެ ބިމުން ހޯދީ، މިހާރު އެ ގުރަހައިގައި ހަރަކާތްތެރިވާ ނާސާގެ އުޅަދު ކިރިއޮސިޓީންނެވެ. މި އުޅަދުން ވަނީ ހޯދި އެތީގެ ފޮޓޯވެސް ނަގާފައެވެ.

ސައިންސްވެރިން ލަފާކުރާގޮތުގައި ކިރިއޮސިޓީ އުޅަދުން ހޯދީ ގިނި ހިލައިގެ ބައިތަކެކެވެ. މީގެ ކުރިން މި އުޅަދުން ވަނީ 2014 އަދި 2015 ވަނަ އަހަރުވެސް ގޮތް ނޭގޭ ޒާތުގެ އެއްޗެހިތަކެއް މާސްއިން ހޯދާފައެވެ.

ނާސާގެ އުޅަދު ކިޔުރިއޯސިޓީ މާސްގައި ޖެއްސީ 2012 ވަނަ އަހަރުއެވެ. މި އުޅަދު ދިގު ރާސްތާއެއް ކަޑައްތުކޮށް މާސް އަށް ފޯރުމަށް ނުވަ މަސް ދުވަސް ނެގިއެވެ.

ހޫނު ގަދަ ކަމަށް ލަފާކުރެވޭ މާސް އަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނެއްކަމަށާއި އިންސާނުން މާސްގައި ދިރިއުޅޭނެ ދުވަސް ލަސްތަކެއް ނުވެ ފެންނާނެ ކަމަށް ސައިންސްވެރިން ބުނާއިރު, މާސްގެ ކްރޭޓާ ފާރުތަކާއި ކެންޔަންތަކުގެ މަތިން ފެން ފައިބާ ކަން ކަށަވަރުކުރެވޭ ހެކިތަކެއް ސައިންސްވެރިން ވަނީ ދާދި ފަހުން ހޯދާފައެވެ.

ނަމަވެސް މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ލިބިފައިވާ މައުލޫމާތައް ބަލާއިރު މާސްގައި އިންސާނުން ދިރިއުޅެން ފެށޭނެ ދުވަހެއް މިޖީލުގެ މީހުންނަށް ފެނިދާނެތޯ ކުރެވޭ ސުވާލަށް އަދި ދޭން އޮތް ޖަވާބަކީ ނޫނެކެވެ.

ދުނިޔެއާ އެންމެ ގާތުން ދެވަނައަށް އޮންނަ ގުރަހަ، މާސްއަކީ ދުނިޔެއާ އެއްފަދަ ނޫނަސް ދުނިޔޭގެ ބައެއް ސިފަތައް ލިބިގެންވާ ގުރަހައެކެވެ.

ދުނިޔެއާ 225 މިލިއަން ކިލޯމީޓަރު ދުރުގައިވާ ކަމަށް ބެލެވޭ މާސްގެ ތަހުލީލުތައް ކުރުމަށް މިހާރު އެ ގުރަހައިގެ ބިމުގައި ދަތުރުކުރަމުންދާ އުޅަދު، މާސްގެ އެންމެ ފަހުގެ މަޢުލޫމާތާއި ފޮޓޯތައް ދުނިޔެއަށް ފޮނުވަމުން ދާއިރު، 2025 ވަނަ އަހަރުގައި އެ ގުރަހައަށް ދަތުރު ކުރުމަށް ނާސާގެ އެސްޓްރޮނޯޓުން ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ

    ޓުރަމްޕްގެ ގުއި ފުކަކަށް. ވާނީ..

  2. އަހުމަދު687

    ފަށަމުން މިއްރީޚު ޖަހާފަ ދެން ހުރިހާ ފަހަރަކު މާރސް ޖެހީމަ އެވީ ކޯއްޗަކަށް؟

    1
    1
  3. ޑިމޮކްރަޓިސްޓް

    ފުވައްމުލަކު އަތިރިމަތީގަ ހުންނަ އަކިރި ގަލަށްވެސް ތިހާކައިރިން ފުލެޝްކަނޑާފަ ފޮޓޯނެގީމަ ހުންނާނީގަމަ ތިހެން.. މޮޔަކަންދޯ.. އާދަޔާހިލާފަށް ވިދާއެއްޗެކޯ ?

  4. ބުރާާންތި

    ކޮސް ސޭކުންނަށް ނިކަން އަސަރު ކުރާނެ

    • ވާނުވާ

      ދެންތީ ހޭޖެހޭ މީހާތޯ. ތިބާގެ ތައުލީމީ ފެންވަރަކީ ކޮބާތޯ! ހަގީގަތުގަ ކޮހީ ކާކުކަން ވެސް ލަސްތަކެއްނުވެ އިގޭނެ