އިންޑިއާގެ ގުރްގައޮންއަށް ނިސްބަތްވާ ފިރިހެނަކު އޭނާ އަމިއްލަ ދަރިފުޅު ރޭޕްކުރި މައްސަލާގައި ހައްޔަރުކޮށްފިއެވެ.
އިންޑިއާ ނޫސްތައް ބުނާގޮތުގައި، އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ހައްޔަރު ކުރި މީހާ އޭނާގެ އަމިއްލަ ދަރިފުޅު ރޭޕްކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އޭނާގެ އަނބިމީހާ އާ ހިނގި ޒުވާބެއްގެ ތެރެެއިން އެ އަންހެން މީހާ އެގެެއިން ނުކުމެގެން ދިއުމުންނެވެ.
އަނބިމީހާ ދިޔައީ އޭނާގެ އެއް އަހަރުގެ ދަރިފުޅު ގޮވައިގެން ގާތްތިމާގެ މީހެއްގެ ގެއަށެވެ. އޭނާ ދިޔައިރު، ބޮޑު ދަރިފުޅު ހުރީ ގޭގައެވެ. ގޭގައި އެކަނި ވުމުން ބައްޕަ ވަނީ އޭނާގެ އެ ދަރިފުޅު ރޭޕްކޮށްފައެވެ.
އެކަން އަނބިމީހާ އަށް އެނގުނީ އަނެއް ދުވަހު ހެނދުނު އެނބުރި ގެއަށް އައިއިރު ދަރިފުޅު އެނދުމަތީގައި ލެއިން ތަތްތެޅިފައި އޮތް މަންޒަރު ފެނުމުންނެވެ. އެއިރު ދަރިފުޅުގެ ހެޔެއްވެސް ނެތެވެ.
އަންހެން މީހާ ބުނިގޮތުގައި، ދަރިފުޅު ފެނުނުއިރު، ގަޑިން ހެނދުނު 10:00 ޖަހާފާނެއެވެ. އޭރު ފިރިމީހާ ވަނީ ދަރިފުޅު ރޭޕް ކުރުމަށްފަހު ފިލާފައެވެ.
އެ ކުއްޖާ ހޮސްޕިޓަލަށް ދައްކާ މެޑިކަލް ޗެކްއަޕް ހެދުމުން ރޭޕްކޮށްފައި ހުރިކަން ވަނީ ޔަގީންވެފައެވެ. އެއިރުން ފެށިގެން އެ ފިރިހެން މިހާ އުޅުނީ ފިލައިގެންނެވެ. އަދި އެ ކުއްޖާގެ ހާލު ވަރަށް ބޮޑަށް ގޯސްެވެގެން ދިއްލީ ހޮސްޕިޓަލެއްގައިވެސް ފަރުވާދިން ކަަމަށް ވެއެވެ.
އެހެން ނަމަވެސް މިދިޔަ ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައި އެ ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.
ކޮބާ މިކަމުގެ ޒިންމާ މޯދީ ނަގާކަށްނުޖެހޭ؟؟؟ މިކަލޭގެއަށް ގައުމު މައިތިރި ކުރެވޭތަ؟؟؟ އިންސާފު ހޯދަދެވޭތަ؟؟؟ ކޮބާ ޖަޒީރާ އަނދަވަޅަށް ވައްޓާލަން ވޯޓުއެޅިމީހުން އެޗެކޭނިކަން ބުނެބަލަ!!!
މިވެސް އެމް ޑީ ޕީި ކުށެއްތަ؟ މޮޔަ ނުގޮވާ
????????