އެމެރިކާ އިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ ސިފައިންގެ ވެރިޔާ ވައިސް އެޑްމިރަލް ސްކޮޓް ސްޓާނޭ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ސްކޮޓް މަރުވެފައިވާކަން އެމެރިކާ ސިފައިން ކަށަވަރު ކޮށްދިނީ މީގެ އިރުކޮޅެއް ކުރިންނެވެ. އެމެރިކާ އަސްކަރިއްޔާ އިން ބުނީ ސްކޮޓް މަރުވެފައި އޮއްވާ ފެނުނީ ބަހުރޭންގައި އޭނާ ދިރިއުޅެމުން އައި ގޭގެ ތެރެއިން ކަމަށެވެ.

ސްކޮޓްގެ މަރުގެ މައްސަލަ ތަހްޤީޤު ކުރަމުން އަންނަ ކަމަށާއި މިވަގުތު އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެއެވެ.

އެމެރިކާގެ މީޑިއާތަކަށް މައުލޫމާތު ދިން ނަން ހާމަކުރަން ބޭނުން ނުވާ އޮފިޝަލުން ބުނެފައިވާ ގޮތުގައި ސްކޮޓް މަރުވެފައި ވަނީ އަމިއްލަ އަށް ކަމަށް ބެލެވެއެވެ. އޭނާގެ މަރާއި އެހެން މީހަކާއި ގުޅުމެއް އޮތްކަމުގެ ހެއްކެތް ނެތް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 58 އަހަރުގެ ސްކޮޓް އެމެރިކާ އަސްކަރިއްޔާގެ ފިފްތް ފްލީޓް އަދި ނޭވަލް ފޯސެސް ސެންޓްރަލް ކޮމާންޑްގެ ވެރިޔާގެ މަގާމަށް އައްޔަން ކުރީ މިދިޔަ މެއި މަހުއެވެ. އޭނާގެ ވެރިކަމުގެ ދަށުގައި މެދުއިރުމައްޗާއި ހުޅަނގު ދެކުނު އޭޝިއާގައި ވިހި ހާހަށްވުރެ ގިނަ އެމެރިކާ ސިފައިން ތިބެއެވެ.

1982 ވަނަ އަހަރު ސިފައިންގެ ޚިދުމަތާއި ގުޅުނު ސްކޮޓް އަކީ ކުރިން ހަނގުރާމަ މަތީ ޖެޓެއް ކަމަށްވާ އެފް-18 ގެ ޕައިލެޓެކެވެ. އޭގެ ފަހުން އޭނާ ވަނީ ޓޮޕް ގަން އިނިސްޓެކްޓަރެއްގެ މަގާމު އަދާކޮށްފައެވެ. އަދި އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ޓްރާންސްޕޮޓޭޝަން ކޮމާންޑަރު ކަން ވެސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. محمد علي شفيق بن عبد الله

    އެޑްމިރަލްއަކަސް، ރައީސަކަސް، އަދި ކޮންމެ އެއްޗއްވިޔަސް މަރުވެ ނުވަތަ ހަލާކުވެ ނެތި ދިއުމަކީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫން.

  2. ިދިވެއްސެށް

    ﷲ އަކީ އަނިޔާވެރިންގެ މަށްޗަށް ވެސް ބާރުހިންގަވާ ރަސްކަލާނގެ ކަން ޤަބޫލުނުކުރާ ކާފަރުން ބަލިކޮށް ދެއްވާދޭވެ.

  3. Anonymous

    އަލްހަމްދުލިﷲ