އިންޑިޔާގެ ބާރުގެ ދަށުގައި އޮންނަ ޖަޒީރާ ރަށެއް ކަމަށްވާ ސެންޓިނަލް އައިލެންޑްސް ގައި މިދިޔަ މަހު މަރާލި އެމެރިކާގެ ފަތުވެރިޔާގެ މަރުގެ މައްސަލާގައި އިންޑިއާގެ ފުލުހުން ބަޔަކު ހޯދަން ފަށައިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާގެ ފަތުރުވެރިއެއް ކަމަށްވާ އުމުރުން 27 އަހަރުގެ ޖޯން އެލެން ޗާއޯ އެ ސެންޓިނަލް އައިލެންޑްސްގައި މަރާލި މައްސަލާގައި އިންޑިއާގެ އެންޑަމަން އައިލެންޑްސް ފުލުހުންހޯދަމުން ދަނީ އޭނާ އެރަށް އެރުމަށް އެހީތެރިވި އެމެރިކާގެ އިތުރު ދެ ފަތުރުވެރިއެވެ. އެމީހުން މިހާރު އިންޑިއާ ދޫކޮށް ފިލައިފި ކަމަށް ބައެއް ނޫސްތައް ބުނެއެވެ.
އިންޑިއާގެ ފުލުހުން ވަނީ ޖޯން އެލެން ޗާއޯ އެ ރަށަށް އެރުމަށް އެހީތެރިވިދިން އިންޑިއާގެ މަސްވެރިން ތަކެއްވެސް މީގެ ކުރިން ހައްޔަރުކޮއްފައެވެ.
ޖޯން އެލެން ޗާއޯ މަރާލާފައި ވަނީ އެރަށުގައި ދިރިއުޅޭ ޒަމާނީ ތަހުޒީބާއި ތަރައްޤީ ނުވަތަ ޙަޟާރާތުގެ ރަހަވެސް ދެކެފައިވާ ނުވާ ބައެކެވެ. ޗާއޯ އަށް ހަމަލާދީ މަރާލައިފައިވަނީ ގަޔަށް ތީރު ޖަހައިގެންނެވެ.
އިންޑިއާގެ ބާރުހިގާ، ޖަޒީރާ ސެންޓިނަލް އައިލެންޑްގައި ދިރިއުޅޭ މީހުންގެ އާބާދީ 50 އަށް އަރާ އިރު، މިއީ އެރުން މަނާ ރަށެއްގެ ގޮތުގައި އިންޑިއާގެ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ސަބަބަކީ މި ރަށުގައި ދިރިއުޅޭ މީހުންގެ ނުރައްކަލެއް ކުރިމަތި ވެދާނެތީއެވެ.
އިންޑިއާގެ ގާނޫނު ތަކުން ވަނީ މިރަށުގައި ދިރިއުޅޭ މީހުންނަށް ރައްކާތެރިކަން ދީފައެވެ. 2004 ވަނަ އަހަރުގެ ސުނާމީގައި މި ރަށުގެ އާބާދީ އެއްކޮށް ނެތި ދިޔަ ކަމަށް ބެލެވުނެވެ. ނަމަވެސް އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރަކުން މިރަަށުގެ ހާލަތު ބެލުމަށް ކުރި ދިރާސާ އަކުން މިރަށުގައި އަދިވެސް މީހުން ދިރިއުޅޭ ކަމަށް ވަނީ ބެލެވިފައެވެ.
ސެންޓިނަލް އައިލެންޑްސް ގައި ދިރިއުޅޭ މީހުންނާއި މުއާމަލާތު ކުރަން އިންޑިއާ ސަރުކާރުން ވަނީ މީގެ ކުރިން އެތަށް ފަހަރަކު މަސައްކަތް ކޮއްފައެވެ. ނަމަވެސް މި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވެއެވެ. މީގެ ކުރިން އިގިރޭސި ވިލާތުގެ ފަތުރުވެރިއަކު ވަނީ މި ރަށަށް ޒިޔާރަތް ކޮއްފައެވެ.
ތިމީހުންނާއި ހިސާބަށް މޯދީ ފޮނުވަން ފެނޭ އޭރުން މުޅިން ހުރިހާކަމެއް އޯކޭވާނެ އަބްދުﷲ ޝާހިދު ފޮނުވާނީ ކޮންމެވެސް ނޫހަކަށް އިންޓަވިއު ދޭން ސަޅިދޯ!
އިންޑިޔާއިން ދިވެހިރާއްޖެއަށް އަތްގަދަކޮށް ފުއްޕާއިރު، 50 މީހުންގެ އާރެއް ބާރެއްނެތް ރަށެއް މައިތިރި ނުކުރެވުނީމަ ދެން ޕުއްޕު ލާފަ ފަތާވަރުމަތީގަ ދަނޑިން ތެޅިއްޔާ މާތާހިރެއްނު!
ތިއީ އިންޑިޔާގެ ރަށެއް ކޮބާ މޯދީ ތިފަދަ ޙާލުގައި އޮތް އިންޑިޔާގެ ތިރަށް ސުލްހަކޮށްލާނެފަދަ ގޮތެއްނެތިފައިތިބެ ދިވެހިރާއްޖެއައިގެން ތި ތެޅިބަލަނީ ކޮންމުހުތާދެއް އޮވެގެން ތިރަށަކީވެސް އިންޑިޔާގެ ރަޢިއްޔަތުންނަށް ގޮސްއައިސް އުޅެވޭނެ ރަށަކަށް ހަދާދީބަލަ
އަސްކަރީ ބޭހެއް ހަދަން އިންޑީއާ އަށް މިފެންނަނީ ރާއްޖޭގެ މަދަނީ ވައިގެ ބަނދަރު ތައް. އެފްރިކާގައިވެސް ނުއޮންނަ ވަރުގެ ނާތަހުޒީބު ބައެއް ރަށްރަށް އިންޑީއާގައި އެބައޮތް.
ފަތުރުވެރިއެއްނޫން ކުރިސްޓިއަންދީން ފަތުރާ މިސަނަރީއެއް. ހިމަޔަތްކޮށްފައިވާ ރަށަށް އަރަން އުޅުނީ އެމީހުންނަށް ނަސާރާ ދީން ކިޔާދެން