އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އިލިނޮއިސް އަށް 22 ނަގޫރޯޅި އަރާ އެތަށް ބަޔަކު ޒަހަމް ކޮށްލައިފިއެވެ.

އިއްޔެ ވަގުތެއްގައި އެ ސްޓޭޓަށް 22 ނަގޫރޯޅި އަރާފައިވާއިރު ނަގޫރޯޅިތަށް އަރާފައިވަނީ އިއްޔެގެ އެކި ވަގުތު ތަކުގައެވެ.

އެމެރިކާގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކުރާ ގޮތުގައި ނަގޫރޯޅިތަކުގައި މުޅި ޖުމުލަ 30 މީހުން ވަނީ ޒަހަމު ވެފަައެވެ. ނަގޫރޯޅި އެރުމުގެ ސަބަބުން ޒަހަމުވި މީހުންނަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުންނެވެ. އިއްޔެ ހިންގި މިހާދިސާގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

ނަގޫރޯޅި އަރާފައިވާ ސަރަހައްދުގައި ހުރި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު ގެއްލުން ލިބުނު ތަންތަނުގެ ތެރޭގައި އަލަށް މަރާމާތުކޮށް ހުޅުވި ތަންތަންވެސް ހިމެނެއެވެ. ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުމުގެ ތެރޭގައި ބައެއް ސަރަހައްދު ތަކުން ކަރަންޓުވެސް ވަނީ ކެނޑިފައެވެ.

އެމެރިކާއަށް އެރި މި ނަގޫރޯޅިތަކުގައި އެވްރެޖްކޮށް 137 މޭލު ބާރު މިނުގައި ވައިޖެހުނު ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް އެމެރިކާގެ ރެޑްކުރަސެޓުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމެރިކާއަށް ނަގޫރޯޅި އެރުމަކީ އާންމު ކަމެކެވެ. ނަމަވެސް އެއް ފަހަރާ ގިނަ އަދަދެއްގެ ނަގޫރޯޅި އެރުމަކީ ވަރަށް ނުވާ ކަމެކެވެ.

ނަގޫރޯޅިއަކީ ބާރުގަދަ ތޫފާން ތަކުގައި އާއި ވައިބާރު ދުވަސްވަރު އުފެދޭ އެއްޗެކެވެ. މޫސުން ރަގަޅު ދުވަސްވަރުވެސް ވައިގެ ޕްރެޝަރު ހުރި ގޮތަކުން ނަގޫރޯޅިއެއް އުފެދުމަކީ ދުރުކަމެއް ނޫނެވެ.

ދުނިޔޭގެ އެކި ސަހައްދުތަކުގައި ނަގޫ ރޯޅއެރުމުގެ ހާދިސާ ތަކުގައި ކޮންމެ އަހަރަކުވެސް އެތަށް ބަޔަކު މަރުވެއެވެ. ހާއްސަކޮށް އެމެރިކާއަކީ އެންމެ ގިނައިން ނަނގޫ ރޯޅި އަރާ އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުބުޙާނަﷲ.

  2. ޑިމޮކްރަޓިސްޓް

    މިނުލަފާ ނުބައި އެމެރިކާގެ ކާފަރުން ނެތިކުރައްވާފާންދޭވެ..