އަފްގާނިސްތާނުގައި ޙަރަކާތްތެރިވާ ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތްތަކުން އެޤައުމު ސަލާމަތް ކުރުމަށް އެމެރިކާއިން ޕާކިސްތާނުގެ ސަރުކާރުގައި އެދިއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕް ޕާކިސްތާނުގެ ބޮޑު ވަޒީރުކަމާ ދާދިފަހުން ހަވާލުވި އިމްރާން ޚާންއަށް ޓްރަންޕް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އަފްޤާނިސްތާނުގައި ހަރާކަތްތެރިވާ ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތްތަކުން އެޤައުމު ސަލާމަތް ކުރަން އެންމެ އެކަށީގެންވާ އަދި އެކަމަށް އެންމެ ކުޅަދާނަ އެއް ޤައުމަކީ ޕާކިސްތާން ކަމަށެވެ. އަދި މިކަމުގައި ޕާކިސްތާނުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޝައްކު ނުކުރާ ކަމަށްވެސް މިސިޓީގައި ބުނެފައިވެއެވެ.

އެމެރިކާގެ ރައީސް ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވަނީ އެމެރިކާއިން ބޭނުންވަނީ ސުލްޙަ ކަމަށާއި އެމެރިކާއިން މިހާތަނަށް ކުރަމުން އައީވެސް ސުލްޙައިގެ މައްސަތް ކަމަށެވެ.

އެމެރިކާގެ ރައީސް މިމޭރުމުން ސިޓީއެއް ފޮނުވި ނަމަވެސް، އަފްގާނިސްތާނުގައި ސުލްޙަ ޤާއިމް ކުރުމަށް ބުނެ 2001 ވަނަ އަހަރު އެޤައުމަށް އަރާ އެޤައުމު ސުންނާފަތިކޮށްލާފައެވެ އަދި އެމެރިކާގެ އަސްކަރިއްޔާއާ ދެކޮޅަށް އެޤައުމުގައި އިތުރު ޖަމާޢަތްތަކެއް ވަނީ އުފެދިފައެވެ. މިހާރުވެސް އަފްގާނިސްތާނުގައި ސުލްޙަ ޤާއިމް ކުރުމަށް ކަމަށްބުނެ އެމެރިކާގެ އަސްކަރިއްޔާގެ 170،00 އަށް ވުރެ ގިނަ އެމެރިކާގެ އަސްކަރިއްޔާގެ ފަރާތްތަކުންދަނީ ޙަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހެހެ

  އެމެރިކާއިން އަރައިގެން ސުލްހަ ގާއިމްވެފައޮތް އެންމެ ގައުމެއްދައްކަބަލަ؟ ޖޯކު ނުކިޔާ ހެހެ

 2. ކިޔާ

  އެމެރިކާއިން އެރި ހުރިހާ ޤައުމެއްްގަ އެއޮތީ ދުނިޔެ ނުދެކޭފަދަ ސުލްހަވެރިކަން ގާއިމްކޮށްދީފަ.އަލުން ބަލުން ބަޔަކު ސުލްހަވެރިކުރުވާނެ ޖާގައެއްވެސް ނެތޭ ބުނެވޭނީ...މިމީހުން ސުލްހައޭކިޔާ ވާހަކަދައްކަން ލަދެއްވެސް ނުގަނޭ ދޯ..

 3. ހުސޭނުބޭ

  ތީހަމަ ބާލިދީއަކަށް ސީލާފައި ނޯކަރުކަލޭގެޔާ ބާލިދީ ސާފުކުރަން އެންގުން ފަދަ ކަމެއް! ބޮންއަޅާއަޅާ ބުންވަރުހުސްވެގެން މިހާރު ތި އަންގަނީ ޕާކިސްތާނަށް މަސަލަސްކޮށްދޭން! ހެއްވާދޯ!

 4. އަބޯ

  ތިމާމެނަށްކަންކަން ކުރެވިދާނޭ ހިތާ ތަންތަނަށް ވަދެ ބޯމަހަނީ ކީއްވެ ؟ ވިއެޓްނާމުގާ ހާލުގާޖެހުނީ ،އިރާގު ގާ ހާލުގާ ޖެހުނީ . އަފްގާނިސްތާނުގާވެސް ޖަހުނީ ހާލުގާ ވީކަމެއްނެތް . ހަތިޔާރުން ތަޅާ ގައުމުތައް ސުންނާފަތި ކޮށްލުން ނޫންކަމެއް ނުކުރެވޭ.