ޖޯޖިޔާގައި ރައީސަކު ހޯވުމަށް ބޭއްވި އިންތިހާބުގައި ވޯޓް އޮޅުވާލި ކަމަށް ބުނެ ޖޯޖިޔާގެ އިދިކޮޅު ފަރާތްތަށް މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.

ޖޯޖިއާގެ ވެރިރަށް ތިބިލިސީގެ މަގުތަކަށް 50000 މީހުން އެއްވެފައިއެވެ. ޖޯޖިއާގައި ރައީސަކު ހޮވަން ބޭއްވި އިންތިހާބުގައި އިދިކޮޅު ކޯލިޝަން ވަނީ ބަލިވެފައެވެ.

އިދިކޮޅު ކޯލިޝަން އިން ވާދަކުރި ވަޝަދްސް އަށް ލިބިފައިވަނީ 40.5 އިންސައްތައެވެ. ޖޯޖިޔާގައި ރައީސަކު ހޯވުމަށް ބޭއްވި އިންތިހާބުގައި ވެރިކަން ކުރާ ޖޯޖިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަށް ލިބިފައިވަނީ 59.5 އިންސައްތައެވެ.

ނަތީޖާއި އެކު ޖޯޖިއާގެ ރައީސް ކަމަށް އިންތިހާބު ޒުރަބިޝްވިލް ވެގެންދާނީ އެގައުމުގެ ވެރިކަމާއި ހަވާލުވާނެ ފުރަތަމަ އަންހެން ރައިސާއަށެވެ.

އިންތިހާބުން ބަލިވެވަޑައިގަތް އިދިކޮޅު ކޯލިޝަންގެ ލީޑަރު ގްރިގޯލް ވަޝަދްސް ޕާޓީގެ ސަޕޯޓަރުން މުހާތަބު ކުރައްވަމުން ވިދާޅުވީ އިންތިހާބުގެ ވޯޓް ސަރުކާރުން އޮޅުވާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށެވެ.

ޖޯޖިއާގެ އިންތިހާބުގައ ބައިވެރިވި އޮބްޒާވަރުން ބުނާ ގޮތުގައި އެ ގައުމުގައި ބޭއްވުނު އިންތިހާބަކީ ވަރަށް ވާދަވެރި އިންތިހާބެއް ކަމަށެވެ. ނަމަވެސް ސަރުކާރު ހިންގާ ޕާޓީން އިންތިހާބުގެ ދުވަސްވަރު ނަހަމަ ގޮތުގައި ސަރުކާރުގެ ވަސީލަތް ބޭނުންކޮށްފައިވާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ވީ އެންމެ އަވަހަކަށް ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ބާއްވަން ސަރުކާރަށް ގޮވާލާފައިއެވެ. ޖޯޖިއާގެ އިދިކޮޅުފަރާތްތަކުން ވަނީ އިންތިހާބު ބާތިލްކުރަން ކޯޓަށް ހުށައަޅާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފައެވެ.

ބަރުލަމާނީ ނިޒާމް އޮންނަ ޖޯޖިއާގައި ރައިސްގެ މަގާމަކީ ރަމްޒީ މަގާމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    ޖޯޖިއާގައިވެސް މިއޮތީ ދިވެހިރާއްޖެއާ އެއްގޮތަށް ވަގުވޯޓުން ވެރިކަން ފިރުކައިގެންފަތާ.....!!!

  2. Anonymous

    ޑިނައި އިޓް. ތިޔަތަނައް އީޒީ ޝަރީފު ފޮނުވާ.. އެއީވަރަށް ޕްރޯގޮލައެއް