ބޮޑު ސަރަހައްދަކަށް ސުނާމީގެ އިންޒާރު ނެރެފައި ވަނިކޮށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް ކުރިން ވެސް ބިންހެލުން އައި ނިއު ކެލެޑޯނިއާގެ ސަރަހައްދަށް އަތުވެއްޖެއެވެ.

ދެންމެ ބިންހެލުން އައިސްފައި ވަނީ 7 މެގްނެޓިއުޑްގެ ބާރުމިނުގައި ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެއެވެ.

ބާރުގަދަ ބިންހެލުމެއް އައި ނަމަވެސް މިބިންހެލުމުގެ ސަބަބުން ގެއްލުން ބޮޑު ސުނާމީއެއް އުފެދުމުގެ ފުރުސަތެއް ނެތް ކަމަށް ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވަނީ ބުނެފައެވެ.

ނިއު ކެލެޑޯނިއާއަށް މިއަދު ފުރަތަމަ ބިންހެލުން އައިސްފައި ވަނީ 6 މެގްނެޓިއުޑްގައެވެ. އޭގެ ހަތަރު ގަޑިއެއްހާއިރު ފަހުން ވަނީ ބާރުގަދަ ބިންހެލުން އައިސްފައެވެ. އެބިންހެލުން އައީ 7.6 މެގްނެޓިއުޑްގައި ކަމަށް ވީނަމަވެސް މިހާރު ވަނީ ބިންހެލުމުގެ ބާރު މިން 7.5 މެގްނެޓިއުޑަށް ދަށްކޮށްފައެވެ.

އޭގެ އިތުރުން ވެސް މިއަދު އެސަރަހައްދަށް ގާތް ގާތުގައި ދަނީ ގިނަ ބިންހެލުންތަކެއް އަންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު