ރަޝިއާއިން ފެނުނު ދެވަނަ ބޮޑު ހަނގުރާމައިގެ ބޮމެއް ރައްކާތެރި ކަމާއިއެކު ނައްތާލައިފިއެވެ.

ރަޝިއާގެ އަސްކަރީއާއިން މި ބިޔަ ބޮން ނައްތާލީ ކަޅު ކަނޑުގެ އައްސޭރީގައި އެވެ. ރަޝިއާގެ ސިފައިން ވަނީ މި ބޮން ނައްތާލަން ކަޅު ކަނޑު ހިމެނޭ ބޮޑު ސަރަހައްދެއް ބަންދުކޮށް ވައިގެ ސަރަހައްދުވެސް ބަންދު ކޮށްފައެވެ.

ބޮން ނައްތާލި ވަގުތު ބާރުގަދަ ގޮވުމެއް ވަނީ ގޮވާފައެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި މި ބާވަތުގެ ބޮން ބޭނުން ކޮށްފައިވަނީ ސަބްމެރިންނާއި އަސްކަރީ މަނަވަރު ނައްތާލުމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް ރަޝިއާއިން ދެވަނަ ބޮޑު ހަނގުރާމާގައި އަޅާފައިވާ ބޮމެއް ފެނިފައިވެއެވެ. ބަރު މިނުގައި 500 ކިލޯ ހުރި ދެވަނަ ބޮޑު ހަގުރާމައިގެ މި ބޮން ފެނިފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބަޔަކަށެވެ.

އެ ބޮން ފެނުމުން ބޮން ނައްތާލުމަށް އެ ސަރަހައްދުގައި އުޅެމުން ދިޔަ 70000 ހާސް މީހުން އެހެން ސަރަހައްދުތަކަށް ފޮނުވާލިއެވެ. މި ބޮން ރަޝިއާއަށް ވައްޓާލާފައިވަނީ އެމެރިކާއިން ކަމަށް ތަޖުރިބާ ކާރުން ދަނީ ބުނަމުންނެވެ.

ރަޝިއާއިން ކާމިޔާބު ކަމާއިއެކު ދެވަނަ ބޮޑު ހަގުރާމައިގެ ބޮމެއް ނައްތާލިއިރު އެންމެ ފަހުން މިޒާތުގެ ބޮމެއް ފެނިފައިވަނީ މިދިޔަ އަހަރު އެޕްރީލު މަހު ބާލިންގެ މައި ރޭލު ސްޓޭޝަނަކުންނެވެ.

އާންމު ގޮތެއްގައި ރަޝިއާއަކީ ދެވަނަ ބޮޑު ހަގުރާމައިގެ ހަތިޔާރު ފެންނަ ގައުމެކެވެ. 1939 އަކުން 1945 އަށް ކުރިއަށް ދިޔަ ދެވަނަ ބޮޑު ހަގުރާމައިގައި އެތަށް މިލިއަން ބަޔަކު މަރުވި އިރު ޖަރުމަނު ވަނީ ހަގުރާމައިން ބަލިދެފައެވެ. އަދި ހަގުރާމަ ނިމެމުން ދަނިކޮށް އެމެރިކާއިން ވަނީ ޖަޕާނުގެ ހީރޯޝީއަށް ނިއުކުލިޔާ ބޮމެއް ވައްޓާލާ އެތަށް ހާސް ބަޔަކު މަރާލާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަފާ

    ރާއްޖޭގެ އުތުރަށް ލެއްގިކަހަލަ ރިހި ސިލިންޑެއް ދެއްތޯ؟ ކެކެކެކެ އެއީ ވެސް ތީގެ ސަބްމެރިންގ އާއި މަނަވަރަށް ހަމަލާ ދިނުމަށް އޭރު ބޭނުންކުރި ބޮމެއްކަމަށް ބެލެވެނީ