މިދިޔަ އާދިއްތަ ދުވަހު އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އަސްކާއަށް އައި ބާރުގަދަ ބިނަހެލުމުގައި ހަލާކުވި މަކުތަކުގައި ސެލްފީ ނެގުން އެ ސްޓޭޓުގެ ސިފައިން މަނާކޮއްފިއެވެ.

7.0 މެގްނެޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގައި އެ ސްޓޭޓުގެ އެކި ސަރަހައްދުން މުއާސަލާތީ ޚިދުމަތް ކެނޑި މަގުތަކާއި އިމާރަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަށް ލިބިފައެވެ.

އަލަސްކާގެ ސިފައިން ވަނީ ހަލާކުވެފައި ނުވަތަ ރެދުލައި ވެއްޓެން ކައިރިވެފައި ހުރި މަގުތަކުގައި ސެލްފީ ނެގުން އާންމުވެ ސެލްފީ ނެގުމުގެ ތެރޭގައި ބައެއް މީހުންނަށް އަނިޔާވަމުން ދާތީ މި ކަން މަނާކޮށްފައެވެ.

ކެނެޑާގެ ޖިއޮލޮޖިކަލް ސާވޭގެ ތަޖުރިބާކާރު ހޮން ކާއޯ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ މިއީ އަލަސްކާ އަށް ބާރުގަދަ ބިންހެލުމެއް އަންނަން އުޅޭ ކަމުގެ އަލާމާތްތަކެއް ކަމަށެވެ.

އަލަސްކާއަށް އައި މި ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރު އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ދިނެވެ. ނަމަވެސް ފަހުން ވަނީ އިންޒާރު ކެންސަލް ކޮށްފައެވެ.

ފަހުގެ ތާރިހެއްގައި ދުނިޔެ ދެކުނު އެންމެ ބާރުގަދަ ބިންހެލުމަކީ 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމެވެ. މިއީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ. މި ބިންހުމުގައި މުޅި އޭޝިއާ ސަރަހައްދުން 250,000 ވުރެން ގިން މީހުން މަރުވެ އުފެދުނު ބިޔަ ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ވިއެވެ.

ކިޔުންތެރިންގެ ހިޔާލު