ވައިގެ ތެރޭގައި ރިފިއުލް ކުރަނިކޮށް އެމެރިކާގެ 2 އަސްކަރީ މަތިންދާބޯޓު ޖަޕާނުގެ އައްސޭރިފަށަށް ވެއްޓިއްޖެއެވެ.

ރިޕޯޓުތަށް ބުނާގޮތުގައި މިއަދު ހެދުނު ހިނގި މިހާދިސާގައި އެމެރިކާގެ އަސްކަރީޔާގެ ފަސް ސިފައިން ވަނީ ގެއްލިފައެވެ. ގެއްލުނު ސިފައިން ހޯދުމުގެ އޮޕަރޭޝަނެއް ޖަޕާނާއި އެމެރިކާގެ އަސްކަރީއާއިން މިހާރު ވަނީ ފަށާފައެވެ.

ޖަޕާނުގެ ކަނޑުގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވީ ގެއްލުނު ސިފައިންގެ ތެރެއިން އެކަކު މިހާރު ވަނީ ދިރި ހުއްޓާ ސަލާމަތް ކޮށްފައެވެ. ނަމަވެސް މި ކަމާއި ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް އޭނާ ހާމަ ކޮށްފައެއް ނުވެއެވެ.

ޖަޕާނުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުގައި އެމެރިކާގެ 50000 ސިފައިން ތިބެއެވެ. މިހާދިސާ ހިންގާފައިވަނީ އެމެރިކާގެ އަސްކަރީޔާއާއި އަދި ޖަޕާނުގެ އަސްކަރީޔާ ގުޅިގެން ތަމުރީނުތަކެއް ކުރަން ތައްޔާރުވެފައިވަނިކޮށެވެ.

މި ދެ މަތިންދާބޯޓް އެއް ފަހަރާ ވެއްޓެން މެދުވެރިވި މައިގަނޑު ސަބަބު ބަލަން ތަހުގީގު ފަށާފައިވާ ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ފާއިތުވި މަސްތަކުގައި އިރުމަތީ އޭޝިއާ ސަރަހައްދުން ދަތުރު ކުރި އެމެރިކާގެ އަސްކަރީ ބޯޓުތަކަށް ތަފާތު މައްސަލަތައް ކުރިމަތިވެ އެކްސިޑެންޓްތައް ހިނަގާފައިވެ އެވެ. މިފަދަ އެކްސިޓެއްގައި މިދިޔަ އަހަރު އޮގަސްޓް މަހުވެސް 10 މީހުން މަރުވެފައިވެ އެވެ.

އަދި މިދިޔަ ޖުލައި މަހުވެސް ޔޫއެސްއެސް ފިޓްޒްގެރަލްޑް ކިޔާ އުޅަނދެއް ޖަޕާނުގެ ބަނދަރެއްގައި އޮތް ކާގޯ ބޯޓެއްގައި ޖެހިގެން ހިނގި އެކްސިޓެންގައި ވެސް ހަތް މީހުން މަރުވި އެވެ. އަދި މެއި މަހު ދެކުނު ކޮރެއާގެ މަސްބޯޓަކާއި އެމެރިކާގެ އަސްކަރީ އުޅަނދެއް ޖެހިގެންވެސް އެކްސިޓެންޓެއް ހިނގާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލޯވި

    އަލްހަމްދުލިﷲ ކޮންފަދަ އުފާވެރި ޚަބަރެއް

  2. ޖިންނި

    އަލްޙަމްދުލިﷲ !

  3. ޢަލީ

    ބަޔަކަށް ދެރަގޮތެއްވީމަ އަލްހަމްދުލިﷲ އޭ ބުނުމުންވެސް ކޮމެންޓް ޝާއިރު ކުރެވޭ ދޯ. ޥަރަށް ދެރަކަންތަައް ތިހުންނަނީ. ވިސްނާލައްވާ ތިކުރެވޭ ކަންތައް

    • Ach

      އަސްލުވެސް! ވަރަށް ނާތަހުޒީބީ އަމަލެއް މިފެންނަނީ. މުސްލިމުންނަކީ އެވެސް ބަޔަކަށް ދެރަގޮތެއް ވާންއެދޭނެ ބައެއްނޫން.

      • Anonymous

        އެމެރިކާ އަށް ލިބޭ ކޮންމެ ގެއްލުމަކަށް އަހަރެމެން އަތްޖަހާ އުފާފާޅުކަުރާނަން! ތިކަހަލަ މީހުން އުފާނުވިޔަސް.

        • މޯލްޑިވިޔަން

          ސީރިޔަސްކޮށް ތަ

          • ސަޒުނާ

            ޔެސް . މަވެސް

  4. ހުރަސް

    އުފައުވެރިހަބަރެއް

  5. ަިއިންސާނުން

    އެ ވެއްޓުނު ބޯޓުގަވެސް މުސްލިމަކު ހަމަ ހުރެދާނެ...އެހެންވީމަ ތިކަހަލަ އެއްޗިހި ކިޔާކަށް ނުވާނެ....