117 މީހުންނާއެކު ނައްޓާލަން އުޅުނު މަތިންދާބޯޓެއް، ރަންވޭ މަތިން އަރި އަޅާލައިފިއެވެ. މިކަން ހިނގާފައިވަނީ އެމެރިކާގެ ކެލިފޯނިޔާގައި ހުންނަ ހޮލީވުޑް ބާބޭންކް އެއަރޕޯޓުގައެވެ.

އެމެރިކާގެ ނޫސްތަކުން، އެ ޤައުމުގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއެފްއޭ) އާ ހަވާލާދީ ބުނެފައިވަނީ މި މަންތިންދާބޯޓު އަރިއަޅާލަން މެދުވެރިވީ އެވަގުތު ކުރަމުންދިޔަ ބޯ ވިއްސާރައިގެ ސަބަބުންކަމަށެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުން އަރިއަޅާލާލި ބޯޓަކީ ސައުތުވެސްޓް އެއަރލައިންސްގެ މަތިންދާބޯޓެކެވެ. މިއީ ބޮއިންގ 737-700 މަރުކާގެ ބޯޓެއްކަމަށްވެސް އެމެރިކާގެ ނޫސްތަކުން ބުނެފައިވެއެވެ.

ބޯޓު އަރިއަޅާލުމުގެ ސަބަބުން ބޯޓަށް ގެއްލުންތަކެއް ލިބިފައިވެއެވެ. އެހެންނަމަވެސް، ބޯޓުން ދަތުރުކުރި އެއްވެސް ފަސިންޖަރަކަށް އަދި ކްރޫ އިންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

އެއަރޕޯޓުގައި ޤާއިމް ކޮށްފައިވާ ސެކިއުރީޓި ސިސްޓަމް އިން ބޯޓު ހިފަހައްޓާ ނުލިނަމަ، ނުރައްކާތެރި ބޮޑު އެކްސިޑެންޓެއް ހިނގާ، އެތައް ބައެއްގެ ފުރާނައަށް ނުރައްކާވުން އެކަށީގެންވެއެވެ. އެގޮތުން، ބޯޓު ކޮންޓްރޯލް ނުކުރެވި، އެއަރޕޯޓުގެ ފެންސުން ބޭރަށް ދިޔަ ނަމަ ވެއްޓޭނީ ހަ ލޭން އެކުލެވޭ ބާރުބޮޑު މަގެއްގެ މައްޗަށެވެ.

މިކަމުގެ ސަބަބުން އެއަރޕޯޓްވެސް ހުއްޓުމަކަށް ނާންނަކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Pubg

    Pubg