އިޓަލީވިލާތުގެ ނައިޓްކްލަބެއްގެ ތެރޭގައި ކުރިއަށް ދިޔަ ރެޕް މިއުޒިކް ޝޯވ އެއްގެ ތެރޭގައި ގިނަ ބަޔަކު ފިތިގެން ހިނގި ޙާދިސާއެއްގައި ހަ މީހަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެއްޖެއެވެ.

އެޤައުމުގެ ނޫސް އެޖެންސީތަކުން ބުނެފައިވާ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ފިތިގެން މަރުވެފައިވަނީ އެޤައުމުގެ ކޮރިނަލްޑޯގައި ހުންނަ ލަންޓާނާ އަޒޫރާ ނައިޓްކްލަބުގައިކަމަށެވެ.

ނޫސް އެޖެންސީތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، ފިތިގެން ނައިޓް ކްލަބުގެ ތެރޭގައި މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނޭ ފުރާވަރު އުމުރުގެ ފަސް ކުދިންނާއި، އެއް ބޮޑު މީހެކެވެ.

މިއަދު ފަތިހުގެ ވަގުތުގައި މި ޙާދިސާ ހިނގާފައިވާއިރު، ފިތިގެން މަރުވި ބޮޑު މީހާއަކީ އެތަނަށް ދަރިއަކު ގޮވައިގެން ދިޔަ މަންމައެއްކަމަށްވެސް ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ. ދެން މަރުވެފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 14 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންކަމަށް އެޤައުމުގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވެފައިވެއެވެ.

އެޤައުމުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި އެފަދަ ތަނެއްގައި އެފަދަ ގޮތަކަށް ފުރާވަރު އުމުރުގެ ޅަ ކުދިންތަކެއް މަރުވެގެން ދިއުމަކީ ސަރުކާރަށް އެހާ ބަލަން ފަސޭހަ އަދި ޤަބޫލު ކުރަން ދަތި ކަމެއް ނޫނެވެ. އަދި، މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެ ނައިޓް ކްލަބުގެ ތެރޭގައި ތިބި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މީހުން ފިތި ބާރުވިއިރު، އެތަނުން ނިކުންނަން ހުރި އެމަޖެންސީ އެގްޒިޓު ދޮރު ހުރީ ހަލާކުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތިބޭނީ ރާބޮވިފަ މިހާރު ?