ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ގައުމެއް ކަމަށްވާ ނިއު ކެލެޑޯނިއާއަށް މިދިޔަ ބުދަ ދުވަހު 7.6 މެގްނެޓިޑްގައި އައި ބާރުގަދަ ބިންހެލުމަށް ފަހު އުފެދުނު ސުނާމީގައި އަވަށަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓުތަކެއް ލިބިއްޖެއެވެ.

ބުދަ ދުވަހު އައި ބިންހެލުމުގައި ސުނާމީގެ ރާޅުތަށް އުފެދުނު ކަމުގެ ރިޕޯޓުތަށް ލިބުނު ކަމުގައި ވީނަމަވެސް އެއްވެސް ގައުމަކަށް ސުނާމީ އެރި ކަމުގެ ރިޕޯޓެއް އޭރު ނުލިބެއެވެ.

ނަމަވެސް ބިންހެލުން އައި ސަރަހައްދުގައި އޮތް ޖަޒީރާ ރަށެއް ކަމަށްވާ ވަނުވާޓޫގެ ވަށަކަށް ވަނީ 200 މީޑަރު އެތެރެއަށް ސުނާމީގެ އުސް ރާޅު އަރާފައެވެ.

މި ސުނާމީގައި އެ އަވަށުގެ ސްކޫލަކާއި ބައެއް ގެތަކަށް ވަނީ ބޮޑެތި ގެއްލުން ވެފައެވެ. މިއީ އެ ސަރަހައްދަށް އައި ބިންހެލުމަށް ފަހު އުފެދުނު ސުނާމީގައި ސަރަހައްދަކަށް ގެއްލުންވި ކަމުގެ ރިޕޯޓު ލިބުނު ފުރަތަމަ ފަހަރެވެ.

ބުދަ ދުވަހު އައި ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރު ދީފައި ވަނީ ބިންހެލުން އައި ސަރަހައްދާއި ވަށައިގެން 1000 ކިލޯމީޓަރުގެ ސަރަހައްދަށެވެ. ގެއްލުން ބޮޑު ސުނާމީއެއް އެރުމުގެ ފުރުސަތު އެބައޮތް ކަމަށް ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުންޏެވެ.

ނިއު ކެލެޑޯނިއާއަށް ބުދަ ދުވަހު ފުރަތަމަ ބިންހެލުން އައިސްފައި ވަނީ 6 މެގްނެޓިއުޑްގައެވެ. އޭގެ ހަތަރު ގަޑިއެއްހާއިރު ފަހުން ވަނީ ބާރުގަދަ ބިންހެލުން އައިސްފައެވެ. އެބިންހެލުން އައީ 7.6 މެގްނެޓިއުޑްގައި ކަމަށް ވީނަމަވެސް ފަހުން ވަނީ ބިންހެލުމުގެ ބާރު މިން 7.5 މެގްނެޓިއުޑަށް ދަށްކޮށްފައެވެ.

އޭގެ އިތުރުން ވެސް އެސަރަހައްދަށް ގާތް ގާތުގައި ދަނީ ގިނަ ކުދި ބިންހެލުންތަކެއް މިހާރުވެސް އަންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު