އިންޑިއާ ސިފައިން ކަޝްމީރުގެ ތުއްތު ކުއްޖެއް ޒަހަމު ކޮއްލަައިފިއެވެ.

ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލު ކުރުމަށް އިންޑިއާ ސިފައިން ހިންގި އޮޕަރޭޝަނެއްގައި ޒަހަމު ކޮއްލާފައިވަނީ ކަޝްމީރަށް ނިސްބަތްވާ ހިބާ ނާސިރު ނަމަކަށް ކިޔާ 17 މަހުގެ ތުއްތު އަންހެންކުއްޖެކެވެ.

މި ތުއްތުކުއްޖާ ޒަހަމްކޮށްލާފައިވަނީ އިއްޔެ އިންޑިއާއިން ކަޝްމީރު ސޮފިއާން ސަރަހައްދުގައި ހިނގި އޮޕަރޭޝަނެއްގައެވެ. ބަޑި ޖެހުމުގެ ސަބަބުން ހިބާގެ ކަޅި މަސައްކަތް ނުކުރާކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް އޭނާގެ ބައްޕަ ބުނެއެވެ.

ސިފައިން ބަޑިޖެހުމުގެ ސަބަބުން ޒަހަމްތައް އެންމެ ބޮޑަށް ލިބިފައިވަނީ ތުއްތުކުއްޖާގެ ލޮލަށެވެ. އިންޑިއާ ސިފައިން ހިންގި އޮޕަރޭޝަނުގައި ބޭނުންކޮށްފައިވަނީ ރަބަރު ވަޒެނެވެ.

ކަޝްމީރުގައި އިންޑިޔާގެ ސަލާމަތީ ބާރުތަކުން، ލާއިންސާނީ އަމަލުތައް ހިންގާ، ނުބައްދަލު ބާރުގެ ބޭނުންކުރަމުންދާކަމަށް، އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުން، ދާދިފަހުންވަނީ ބުނެފައެވެ.

އދ ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އިންޑިޔާގެ އަމަލުތަކުގެ ސަބަބުން، 2016 ވަނަ އަހަރުގެ ޖުލައި މަހުގެ މެދުތެރެއިން ފެށިގެން، 2018 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް، ކަޝްމީރުގެ 145 އާއްމުންވަނީ މަރުވެފައެވެ. ހަމައެހެންމެ، އިންޑިޔާއިން ކަންތައް ކުރާ ގޮތުގެ ނަތީޖާއެއްގެ ގޮތުން، ހަތިޔާރު އެޅި ގްރޫޕުތަކުން ދިން ހަމަލާތަކުގައި 20 މީހުން މަރުވެފައިވާކަމަށް ބުނެފައިވެއެވެ.

އިންޑިޔާ އިން އަމަލު ކުރަމުންދާ ގޮތުން، ކަޝްމީރުގެ ޙާލަތު އިތުރަށް ގޯސްވެ، މަޝްރަހު އިތުރަށް ހޫނުވަމުންނެވެ.

ކަޝްމީރުގެ މައްސަލައިގައި އިންޑިޔާއާއި ޕާކިސްތާނާ ދެމެދުވެސް ޒަމާންވީ ދެބަސްވުމެއް އޮންނައިރު، މި އަހަރު ފެށުނީންސުރެ، ކަޝްމީރުގެ މަޝްރަހުވެސްވަނީ ހޫނުވެފައެވެ. ޚާއްޞަގޮތެއްގައި ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް އިންޑިޔާގެ ފައުޖުތަކުން ނުބައްދަލު ބާރުގެ ބޭނުންކުރަމުންދާކަމުގެ ޝަކުވާތައް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ީއިބޫ

    ދުވަސްކޮޅެއްފަހުން އަޑުއިވޭނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ދިވެއްސަކު ޒަޚަމަކޮއްލި ވާހަކަ.

  2. ސަންގުގެރި

    ދެން އިންޑިއާ ސިފައިން މަރާނީ ރާއްޖޭގެ ތުއްތު ކުދިން ސޯލިބޭ ވަނީ ގެރި މޯދީ އާއި އެކު ރާއްޖޭގައި އިންޑިޔާ ސިފައިން 50 އަހަރަށް 150 ސިފައިން ތިބުމަށް 1.5 ބިލޔަން އެމެރިކާ ޑޮލަރުގެ ލޯން އެއްބަސް ވުމެއްގައި ސޮއި ކޮއްފަ ގައުމުގެ ދަރިންނޭ މިއަދު އަޅުގަނޑުމެން ހޭރި ހޭރި ތިބެންވީތަ ....

  3. ޒާ

    މޯދީ އަށް މަރުހަބާކިޔާފައި މިސަރުކާރުން ތަހުނިޔާގެ މެސެޖެއް ނުފޮނުވާތަ؟

  4. ގެރިމޯދީ ހެހެ

    "ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލު ކުރުމަށް އިންޑިއާ ސިފައިން ހިންގި އޮޕަރޭޝަނެއްގައި"
    މިހެން ލިޔެވިފައިވަނީ ގޯސްކޮށް ކަމަށް ފެނޭ. ރަނގަޅުގޮތަކީ އިންޑިއާގެ ޓެރަރިސްޓުންތަކެއް ކަށިމީރަށް އަރާ ލާ އިންސާނީ އަމަލް ހިންގުމަށް ކުރިއަށްދިޔަ އޮޕަރޭޝަނެއްގައި.