ދުނިޔޭގެ ބޭރުން ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް)ގެ ތެރޭގައި އުފެދުނު ނުރައްކާތެރި ތޫފާނެއް ދުނިޔެއާއި ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

މިކަން ހާމަކޮށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސްގެ ދަށުން ހިންގާ، ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެއަރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއެ) އިން ބުނެފައި ވަނީ، މި ތޫފާނު ކުރިއަށްއޮތް ދުވަސްތަކުގެތެރޭގައި ދުނިޔެއާއި ހަމައަށް ވާސިލުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ސައިންސްވެރިން ބުނެފައިވާގޮތުގައި، މި ތޫފާނަކީ އިރުން އުފުދޭ އާވީގެ ތޫފާނެއް ކަމަށެވެ. އިރުން ބޭރުވިމި އާވީގައި ރޭޑިއޭޝަނާއި ދިރުންތަކަށް ނުރައްކާ ކުރިމަތި ކުރުވަނިވި އެނޫންވެސް މާއްދާތައް ހިމެނޭއިރު، މި ތޫފާނަކީ ޖިއޯމެޓްރިކް ގްރޭޑް އެކެއްގެ ތޫފާނެއް ކަމަށް އެފަރާތްތަކުން ބުނެއެވެ. ޖިއޯމެޓްރިކް ތޫފާންތަކުގެ އެންމެ މަތީ ގްރޭޑަކީ، ގްރޭޑް ފަހެއްގެ ތޫފާންތަކެވެ.

ދުނިޔެއާއި ދިމާލަށް މިހާރު މިސްރާބުހުރި "ސޯލަރ ސްޓޯމް" އަކީ ޖިއޯމެޓްރިކް މިންގަނޑުން އެންމެ ދަށް ގްރޭޑުގެ ތޫފާނެއް ކަމުގައިވީނަމަވެސް، ބައެއް ދިރާސާވެރިން ބުނާގޮތުގައި ތޫފާން ދުނިޔެއާއި އަރައި ހަމަކުރުމުން އެކަމުގެ ގެއްލުން ދުނިޔެއަށް ކުރިމަތިވާނެއެވެ. އެގޮތުން ތޫފާނުގެ އެންމެ ނުރައްކާތެރި ހާލަތުގައި ދުނިޔޭގެ ވައިގެ ފަށަލަތަކުން ބޭރުގައި ދައުރުކުރަމުންދާ ސެޓެލައިޓްތަކާއި، ވައިގެ މަގުން ދަތުރުކުރާ އުޅަނދުތަކަށްވެސް މައްސަލަ ކުރިމަތިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ. މީގެ އިތުރުން މިކަމުގެ ސަބަބުން ދުނިޔޭގެ މުއާސަލާތީ ވަސީލަތްތަކަށް ބުރޫ އެރުމުގެ ފުރުސަތުވެސް އޮތްކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާގެ މޫސުމާއި ބެހޭ އިދާރާއިން މިކަމާއި ގުޅިގެން ބުނެފައިވަނީ، ކުރިއަށްއޮތް ހަތަރު ދުވަހުގައި މި "ސޯލަރ ސްޓޯމް"ގެ އަސަރު ދުނިޔެއަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ތޫފާނަކީ އެހައި ބާރުގަދަ ތޫފާނެއް ނޫން ކަމަށާއި، ތޫފާނުން ދުނިޔެއަށް މާބޮޑު އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.

ނާސާއިން ބުނެފައިވާގޮތުގައި، ސޯލާ ސްޓޯމްތަކަކީ ޢާންމުކޮށްވެސް އިރުން އުފެދޭ ތޫފާންތަކެއް ކަމަށެވެ. ނަމަވެސް މިފަހަރުގެ ތޫފާނުގެ މިސަރާބު ހުރީ އެހެން ފަހަރުތަކާއި ޚިލާފަށް ސީދާ ދުނިޔެއާއި ދިމާލަށް ކަމަށް އެފަރާތުން ބުނެއެވެ. މިއީ 2007 ވަނަ އަހަރުގެ ފަހުން މިހާތަނަށް އުފެދުނު އެންމެ ބޮޑު "ސޯލަރ ސްޓޯމް" އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާތްﷲ އިރާދަފުޅުން މާތްﷲ އޯގާވަންތަވެރި ކަމުން ރައްކާތެރި ކޮއްދެއްވަވަނީ

  2. މީއަހަރެން

    އަަމީން