އޮސްޓްރޭލިޔާގެ އައްސޭރި ފަށުގައި އުފެދު ބާރުގަދަ ތޫފާން "އޮވެން " އިތުރަށް ބާރުގަދަވެ ކެޓެގަރީ ހަތަރެއްގެ ތޫފާނަކަށް ބަދަލުވެއްޖެއެވެ.

ތޫފާން "އޮވެން " ކެޓެގަރީ ހަތަރެއްގެ ތޫފާނަކަށް ބަދަލުވެފައިވާއިރު މި ތޫފާން މިރޭގެ ވަގުތެއްްގައި އޮސްޓްރިއާގެ ކުއީންސްލޭންޑަށް އަރާނެއެވެ.

މި ތޫފާން އޮސްޓްރޭލިއާއަށް އަރާނެ ކަމަށް ބެލެވެނީ އޮސްޓްރޭލިޔާގެ ކުއީންސްލަންޑުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާން ގަނޑު ހިމެނޭ ސަރަހައްދަށެވެ.

އޮސްޓްރޭލިއާގެ މީޓިއޮރޮލޮޖީ ބިއުރޯއިން ހާންމަ ކުރާގޮތުގައި ކެޓެގަރީ ހަތަރެއްގެ ތޫފާނެއްގެ ގޮތުގައި މި ތޫފާން ދައުރުވަމުން ދިޔައިރު، ގަޑިއަކު 126 ކިލޯމީޓަރަށް ވައިގަދަވިއިރު، މިހާރު އެ ބާރުމިން ވަނީ ގަޑިއަކު 205 ކިލޯމީޓަރަށް މަތިވެފައެވެ. މި ތޫފާނުގެ ސަބަބުން ބޮޑު ނަގޫރޯޅިއެއްވެސް އުފެދިދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކުއީސްލޭންޑްގެ މޭޔަރ ވަނީ އައްސޭރިފަށުގައި ދިރިއުޅެމުންދިޔަ ފަރާތްތަކުން ގެތައް ދޫކޮށް ސަލާމަތައް ދިއުމަށް ވަނީ ސަރުކާރުން އަންގާފައެވެ. ނަމަވެސް އޭނާ ބުނާގޮތުން މިހާރު އެވަގުތު ފާއިތުވެއްޖެއެވެ. މިހާރު ކޯސްޓަލް އޭރިއާގައި ތިބިބަޔަކަށް އެންމް ރަނގަޅުވާނީ ބޭރަށް ނުނުކުމެ ތޫފާން ދަންދެން އެތިބި ތަނެއްގައި ރައްކާތެރި ކަމާއެކު ތިބުމެވެ.

ތޫފާން އޮވެން ވެގެންދާނީ އޮސްޓްރޭލިއާއަށް 2011 ވަނަ އަހަރު އެރި ތޫފާން ޔަސީ އެރި ފަހުން އެގައުމަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. ތޫފާން ޔަސީގައި ގިނައަދެދެއްގެ ގެތަކެއް ބިމުން ލުހެލޭ ދަނޑު ބިންތަކަށްވަނީ އެތައް ގެއްލުންތަކެއް ލިބިފައެވެ. މިފަހަރުވެސް އެފަދަ ގެއްލުންތަކެއް ކުރިމަތިވާނެކަމަށް ބެލެވެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި މިސަރަޙައްދުގައި ތޫފާންތައް އިތުރުވަމުންދާއިރު، ދާދި ފަހުންވެސް މި ސަރަޙައްދުގައި އުފެދުނު ލޯޕްރެޝަރ ޓްރަފްއެއްގެ ސަބަބުން ތޫފާނެއް އުފެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު