ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލަން އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ނިންމި ނިންމުން ގާނޫނު އަސާސީއާ ހިލާފު ކަމަށް އެގައުމުގެ ސްޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

މިއަދު ސްރީލަންކާގެ ސްޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗްއަކުން ކުރި ހުކުމެއްގައި ބުނެފައިވަ ނީސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލަން އެގައުމުގެ ރައީސް ނިންމެވި ނިންމުމާއި އިންތިޚާބު އަވަސް ކުރުމަށް ނިންމި ނިންމުމަކީ ޤާނޫނާއި ޚިލާފަށް ނިންމާފައިވާ ނިންމުމަށް ކަމަށެވެ. ކޯޓްގެ ޙުކުމުގައި ބުނެފައިވަނީ 5 އަހަރުގެ ޓާމެއް އެންމެ އަވަސް ވެގެންވެސް ނިންމާލެވޭނީ 4 އަހަރާއި 6 މަސް ދުވަހުގައި ކަމަށް ބެންޗްގައި ތިބި ހުރިހާ ފަނޑިޔާރުންވެސް އެއްބަސްވާ ކަމަށެވެ.

ސްލީކަންކާގެ ސިޔާސީ މަޝްރަޙް ހަލަބޮލިވެފައިވަނީ ބޮޑު ވަޒީރު ކަމުން ރަނިލް ވިކްރަމަސިން ދުރުކޮށް އެ މާގަމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ، އޮކްޓޯބަރު 26 ވަނަ ދުވަހު ހަމަޖެއްސުމާ ހަމައިންނެވެ. މަގާމު ދޫކޮށްލަން ރަނިލް ދެކޮޅު ހައްދަވަން ފެށުމުން ސިރިސޭނާ އެޤައުމުގެ ޤާނޫން ހަދާ މަޖިލިސް އުވާލައްވަން ނިންމީ ނޮވެމްބަރު 9 ވަނަ ދުވަހު އެވެ. ލަންކާގެ ގާނޫނު ހަދާ މަޖިލިސް ސިރިސޭނާ އުވާލައްވަން ނިންމާފައިވަނީ ލަންކާގެ ބޮޑުވަޒީރަކަށް ވާން ޖެހޭނީ ޤާނޫނު ހަދާ މަޖިލީހުގައި އަޣުލަބިއްޔަތު އޮތް މީހެއްކަމަށާއި އަދިވެސް މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ އޭނާގެ އަތުގައިކަމަށް، ބޮޑުވަޒީރުގެ މަޤާމުން ދުރުކުރެވުނު ރަނިލް ވިކްރަމަސިންހު ވިދާޅުވުމާއި ގުޅިގެންނެވެ. ނަމަވެސް ޕާލަމެންޓް އުވާލިތާ ހަތަރު ދުވަސް ފަހުން ސުޕްރީމް ކޯޓުން ވަނީ ޕާލަމެންޓުގެ ޖަލްސާތައް ކުރިއަށް ގެންދަން ވަގުތީ އަމުރެއް ނެރެފަ އެވެ.

މިހާތަނަށް ސްލީލަންކާގެ ޤާނޫން ހަދާ މަޖިލީހުން ދެ ފަހަރެއްގެ މަތިން އެޤައުމުގެ ރައީސް ރާޖަޕަކްސާއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓް ނަގާފައެވެ. އެދެފަހުގެ ޤައުމުގެ ރައީސް ކަމުން ރާޖަޕަކްސަ ދުރުކުރުމަށްވަނީ ފާސްކޮށްފަ އެވެ. އަދި އިއްޔެވަނީ އެޤައުމުގެ ބޮޑު ވަޒީރު ކަމަށް ރަނިލް ވިކްރަމަސިން އައްޔަން ކުރުމަށްވެސް އެޤައުމުގެ ޤާނޫން ހަދާ މަޖިލީހުން ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު